އަންނަ ހަފްތާގައިވެސް އެމްއެމްއޭ އާއި ބޭންކުތަކުން ތިން ދުވަހު ހިދުމަތް ދޭނެ

އަންނަ ހަފްތާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތަކުން ތިން ދުވަހު ހިދުމަތް ދޭނެ ކަމަށް އެމްއެމްއޭއިންް ބުނެފި އެވެ. ކޯވިޑް-19 އާއި ގުޅިގެން އަންނަ ހަފްތާގައިވެސް މާލެ ސަރަހައްދ...

10 Jun 2021 | 08:31

އަންނަ ހަފްތާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތަކުން ތިން ދުވަހު ހިދުމަތް ދޭނެ ކަމަށް އެމްއެމްއޭއިންް ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އަންނަ ހަފްތާގައިވެސް މާލެ ސަރަހައްދުގެ އޮފީސްތަކަށް މުވައްޒަފުން ގޮސްގެން މަސައްކަތް ކުރުން އޮތީ މަނާކޮށްފައި އެވެ. އޮފީސްތަކަށް ނުކުންނާނީ ކޮންމެހެން ދާން ޖެހޭ މުވައްޒަފުންނެވެ.

އެމްއެމްއޭއިން މިއަދު ބުނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ހިދުމަތް ދޭނީ ތިން ދުވަހެއްގައި ކަމަށެވެ. އެއީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.

އެ ދުވަސްތަކުގައި އެ އިދާރާއިން ހިދުމަތް ދޭނީ ހެނދުނު 9:00 ން މެންދުރު 12:30 އަށެވެ. އެ ވަގުތުތަކުގައި ދޭނީ ބޭންކިންގެ ހިދުމަތް ކަމަށްވާ ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތެވެ.

އެމްއެމްއޭއިން ބުނީ އެ ހިދުމަތްތައް ލިބޭނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް