މިނިސްޓަރަކު ސަސްޕެންޑުކޮށް ނުވަތަ ވަޒިފާގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމަކީ ގާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓީ ކޮރަޕްޝަން ކެމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފިސް (ޕީޖީ) ގައި އެދިފައިވަނީ އިއްޔެ އެވެ. އެގޮތަށް އެންގުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފު މިނިސްޓަރުކަމުން ސަސްޕެންޑު ކޮށްފައި އެވެ.
މަހުލޫފުގެ ފޮޓޯ އަކާއި އެކު ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިސްޓަރަކު ސަސްޕެންޑް ކުރުމަކީ ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރެއް ނޫން ކަމަށެވެ. އަދި މިނިސްޓަރަކު މަގާމުން ވަކިނުކޮށް ގާނޫނުއަސާސީން އޭނާއަށް މަތިކުރާ ދުސްތޫރީ ޒިންމާތަކުން ދުކުރުކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރަކު ސަސްޕެންޑް ކުރިޔަސް ގާނޫނުއަސާސީ ބުނާގޮތުން މަޖިލީހަށް ޖަވާބުދާރީވާން ޖެހެނީ އޭނާ ކަމަށް ވިދާޅުވި އެވެ.
https://twitter.com/MJameelAhmed/status/1402870022037409793
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް