ހދ. ކުޅުދުއްފުށީ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ކުޅުދުއްފުށި މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ސިޓީއަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ކޯވިޑަށް ޕޮސިޓިވްވެފައިވަނީ އެ ސިޓީ އާއި މާލެ އާއި ދެމެދު ދަތުރުކުރާ ފެރީއެއްގެ ފަޅުވެރިއެއް ކަމަށެވެ. އެމީހާ ކޯވިޑަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނާތީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކުމުންނެވެ.
އެ ކޭސް އައި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާ ކަމަށް ބުނެ އެވެ.
މިދިޔަ މަހުވެސް ދެ ފަހަރު ކުޅުދުއްފުށި މޮނިތަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ. އެ ދެފަހަރުވެސް ޕޮސިޓިވެފައިވަނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހުންނެވެ.
ކުޅުދުއްފުއްޓައި އެކު މިވަގުތު މޮނިޓަރިންގެ ހާލަތުގައި 69 ރަށެއް އެބަ އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް