ބޮލީވުޑްގެ ބަތަލާ ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕުޓަކީ ލާމަސީލު ދެމަފިރިންނެވެ.
ސޯޝަލް މީޑިއާގައި އާންމު ކޮށްލާ ފޮޓޯތަކާއި ވީޑިއޯތަކުގައި ދެމީހުން އެކުގައި ވަގުތު ހޭދަ ކުރާ ގޮތާއި ދަރިންނާއި އެކު ވަގުތު ހޭދަ ކުރާގޮތުގެ އިތުރުން ދެމީހުންގެ މަސައްކަތްތަކުގެ ތަފްސީލް ހާމަ ކުރެ އެވެ. ބައެއް ފަހަރު މީރާ ހާމަ ކުރާ ފޮޓޯތަކާއި ވީޑިއޯތަކުން އޭނާ މަސައްކަތް ކުރަނީ މީހުންނަށް ދެއްކެން ކަމަށްވެސް ބައެއް މީހުން ސިފަ ކުރެ އެވެ.
މިފަހަރު މީރާ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވަނީ ޝާހިދު މޮޅަށް ކުޅޭ ކުޅިވަރެއްގެ ވާހަކަ އެވެ. މީރާ އާންމު ކޮށްފައިވާ ވީޑިއޯގައި ފެންނަނީ ކެރަމް ކުޅޭތަނެވެ. އެކަމަކު އެއްވެސް މީހެއްގެ މޫނެއް ނުފެނެ އެވެ.
ކެޕްޝަންގައި ޝާހިދު ކަޕޫރު ޓެގްކޮށް މީރާ ލިޔެފައިވަނީ އެއީ ވަރަށް މޮޅު ކެރަމް ކުޅުން ތެރިއެއް ކަމަށެވެ. އަދި ކުއީން ކަވަރުކޮށްލައިފި ކަމަށް ބުނެ އެވެ.
މީރާ ބުނީ ކެރަމް ކުޅެން މޮޅު މީހުންގެ ލިސްޓުގައި ޝާހިދުގެ މަންމަ ނެލީމާ އަޒީމް އާއި ޝާހިދުގެ ކޮއްކޮ އިޝާން ކައްކަރުވެސް ހިމެނޭ ކަމަށެވެ.
https://www.instagram.com/p/CP5hM3Mlmte/
މީރާ އާއި ޝާހިދުގެ ކައިވެންޏަށް ދެ ކުދިން ތިބެ އެވެ. އެއީ މިޝާ ކަޕޫރާއި ޒައިން ކަޕޫރެވެ.
މި ދެމީހުން ކައިވެނިކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް