ތައިލެންޑުގެ ރައްޔިތެއް ކަމުގައިވާ ނެސް ޗެތުރާކުލް އަހަރެއްގެ ތެރޭގައި ބަރުދަނުން 80 ކިލޯ ލުއިކޮށްލައިގެން ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.
ތައި ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ނެސް އޭނާގެ ބަރުދަން ލުއިކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. މަަސަކަތް ފެށިއިރު ބަރުދަނުގައި 156 ކިލޯ ހުއްޓެވެ.
މިހާރު އޭނާގެ ބަރުދަނަކީ 75 ކިލޯ ކަމަށް ނެސް ބުނެއެވެ.
ނެސް ވަނީ އޭނާގެ ބަރުދަން ލުއި ކުރުމުގެ ދަތުރުގެ މައުލޫމާތު ބަރާބަރަށް އޭނާގެ ފޭސްބުކް ޓައިމްލައިނަށް ޕޯސްޓްކުރަމުން ގެންގޮސްފައެވެ.
އެހެންކަމުން ގިނަ ބަޔަކު މިހާރު އަންނަނީ ނެސްގެ ކާމިޔާބީގެ ސިއްރު ހޯދުމަށް ސޯޝަލް މީޑިއާގައި އޭނާއާއި ސުވާލު ކުރަމުންނެެވެ.
ސޯޝަލް މީޑިއާގައި އާންމުން ކުރާ ސުވާލުތަކަށްވެސް ނެސް އަންނަނީ ޖަވާބުދެމުންނެވެ. އެގޮތުން ހިކެން ކުރި މަސައްކަތުގައި އޭނާގެ ޑައިޓް ބައްޓަން ކުރި ގޮތާއި ކުރިއްޔާ ކުރި ކަސްރަތެއްގެ މައުލޫމާތުވެސް އޭނާ އަންނަނީ ހިއްސާ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް