ނައިޖީރިއާގެ ދެ ތަރިން ކަމުގައިވާ ޒޭނަބު ބޮލުގަން އަދި ބޮލާލޭ އޮލުކަންނީ ރާއްޖޭގައި

ނައިޖީރިއާގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ޒޭނަބު ބޮލުގަން އަދި ބޮލާލޭ އޮލުކަންނީ ރާއްޖޭގައި ޗުއްޓި ހޭދަކުރަމުން އެބަގެންދެއެވެ. ނައިޖީރިޔާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ދެ ތަރިންނަށް މި ފަ...

10 Jun 2021 | 01:08

ނައިޖީރިއާގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ޒޭނަބު ބޮލުގަން އަދި ބޮލާލޭ އޮލުކަންނީ ރާއްޖޭގައި ޗުއްޓި ހޭދަކުރަމުން އެބަގެންދެއެވެ.

ނައިޖީރިޔާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ދެ ތަރިންނަށް މި ފަހަކަށް އައިސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ތަރިންނެވެ. މި ދެ ތަރިން ރާއްޖެއައިސްފައިމިވަނީ ތުރުކީގައި އެކުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުގައި ކަމަށްވެސް ބުނެފައިވެއެވެ.

މި ދެ ތަރިންގެ ތެރެއިން ޒޭނަބު ބޮލުގަންއަކީ 2011 އިން ފެށިގެން ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ތަރިއެކެވެ. 2006ގައި ފުރަތަމަ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްފެށި ޒޭނަބު ފިލްމު ކުޅެން ފަށާފައިވަނީ 2011 ވަނަ ައަހަރުގައެވެ. 2011 އިން 2018 އަށް ނުވަ ފިލްމެއް ކުޅެފައިވެއެވެ.

މި ދެ ތަރިންނަކީ ނައިޖީރިއާގެ ތަރިންގެ ތެރެއިން އިންސްޓަގްރާމްގައި ފޮލޯވާސް އެންމެ ގިނަ ތަރިންގެ ލިސްޓުގައި ހިމެނޭ ދެ ތަރިން ކަމުގައިވާއިރު މި ދެތަރިން އަންނަނީ ރާއްޖޭގައި މި ދެތަރިން އެކުގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ފޮޓޯތައް މި ދެތަރިންގެ ފޮލޯވަރުންނަށް ދޫކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް