ތެޔޮ ބޯޓެއްގައި އެއްޗެއް ގޮވައި މީހަކު ފިހިއްޖެ

ރ. އުނގޫފާރު ބަނދަރުގައި  އޮތް ތެޔޮ ބޯޓެއްގައި އެއްޗެއް ގޮވައި އެ ބޯޓުގައި މަސައްކަތް ކުރާ ފަޅުވެރި އަކު ފިހިއްޖެ އެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިރޭ 9:00 ހާއިރު ކަމަށެވެ. ...

10 Jun 2018 | 16:39

ރ. އުނގޫފާރު ބަނދަރުގައި  އޮތް ތެޔޮ ބޯޓެއްގައި އެއްޗެއް ގޮވައި އެ ބޯޓުގައި މަސައްކަތް ކުރާ ފަޅުވެރި އަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިރޭ 9:00 ހާއިރު ކަމަށެވެ. ހާދިސާގައި ފިހުނު މީހާއަށް ދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ފިހިފައިވަނީ އެ ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ސްރީލަންކާގެ ރައްޔިތެކެވެ. އޭނާގެ ފަޔާއި އަތް ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ ޖަނަރޭޓަރު އޯވާ ހީޓުވެގެން އޭގައި އަލިފާން ރޯވެގެން ކަމަށެވެ. ހާދިސާގައި ރޯވި އަލިފާން ގަނޑު ނިއްވާލީ އަލިފާން ނިވި ބޭނުންކޮށްގެން ބޯޓުގެ ފަޅުވެރިންނެވެ.

ހާދިސާ ހިނގި ތެޔޮ ބޯޓު އޮތް ސަރަހައްދު ފުލުހުން މިހާރުވަނީ ބަންދުކޮށްފައެވެ. އަދި ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް