ސައިމަން ޖީއެމްއައިޒެޑް އަށް އަދި ނާސިފު އެޗްޑީސީއަށް ބަދަލުކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެ މަގާމުން ވަކިކޮށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) ގެ މެނޭޖިން ޑިރެކްޓަރަކަށް މިއ...

10 Jun 2018 | 15:02

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެ މަގާމުން ވަކިކޮށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) ގެ މެނޭޖިން ޑިރެކްޓަރަކަށް މިއަދު ބަދަލުކޮށްފި އެވެ.

މި ބަދަލާއި އެކު ކުރިން ޖީއެމްއައިޒެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ނާސިހު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ބަދަލުކޮށްފައި އެވެ. ޖީއެމްއައިޒެޑް އުފެއްދީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެވެ.

ޖީއެމްއައިޒެޑް އަކީ، ގުޅީފަޅު، އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އާއި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް އެއްކޮށްލައިގެން ހެދި ކުންފުންޏެވެ. ދެ ކުންފުނިން ވަކިވަކިން ކުރަމުން އައި މަސައްކަތް މިހާރު ކުރާނީ ޖީއެމްއައިޒެޑުންނެވެ.

ސައިމަން އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރީ 2014 ޖެނުއަރީގައި އެވެ.

މި ބަދަލު ގެނައި ސަބަބު ނޭނގޭއިރު މި ބަދަލު ގެނައިކަން ހާމަކުރެއްވީ ޕްރައިވަޓައިޒޭޝަން ބޯޑުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް