މެމޯ ނުހެދިގެން ރޭ މަރުވި ޒުވާނާއަށް ފަރުވާ ނުދެވުނު ވާހަކަ ދޮގުކޮށްފި

ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި ދަފްތަރު ނަމްބަރުނ1159 މުހައްމަދު ސޮބާހު ހުސައިން 24، މަރުވީ ފަރުވާ ނުދެވި ލަސްވެގެން ކަމަށް ބުނެ ދެކެވޭ ވާހަކަ ހުޅުމާލޭ ހޮސްޕިޓަލުން ދޮގުކޮށ...

10 Jun 2018 | 14:29

ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި ދަފްތަރު ނަމްބަރުނ1159 މުހައްމަދު ސޮބާހު ހުސައިން 24، މަރުވީ ފަރުވާ ނުދެވި ލަސްވެގެން ކަމަށް ބުނެ ދެކެވޭ ވާހަކަ ހުޅުމާލޭ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

އެ އެކްސިޑެންޓު ހިނގައިގެން ސޮބާހު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި އިރު އެ ތަނުގައި ހުރި މީހަކު ފޭސްބުކްގައި ބުނެފައިވަނީ ސޮބާހުއަށް އަވަސް ފަރުވާ ދިނުން ލަސްވީ އެއީ ކާކުކަން ދެނެގަނެ، މެމޯ ހައްދައިގެން ނޫނީ ފަރުވާ ނުފެށޭނެ ކަމަށް ހޮސްޕިޓަލުން ބުނުމުން ކަމަށެވެ. އަދި ހަމައެކަނި ޕަންޕުން ނޭވާ ލައްވައިގެން ގަޑިއެއް ހާއިރު އޮތް ކަމަށާއި އޭނާއަށް ފަރުވާ ދެވޭނީ ވެންޓިލޭޓަރު ގުޅިގެން ކަމަށް އެވަގުތުވެސް ޑޮކްޓަރުން ވިދާޅުވަމުން ގެންދެވި ކަމަށެވެ.

މި ވާހަކަ އާއި ގުޅިގެން އެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރު އާޝިޔާ ސޯލިހު ވިދާޅުވީ  ސޮބާހު ހޮސްޕިޓަލަށް ގެންދިޔަ ވަގުތުން ފެށިގެން އަވަސް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އަދި މެމޯ ނުހެއްދިގެން ފަރުވާ ދޭން ފެށުން ލަސްވި ވާހަކަ އަކީ ހަގީގަތާއި ހިލާފު ވާހަކަ ތަކެއް ކަމަށެވެ.

ޕޭޝެންޓްގެ ހާލު ސީރިއަސް ކަމުން ހުޅުމާލޭ ހޮސްޕިޓަލުން އައިޖީއެމްއެޗް އަދި އޭޑީކޭއާ ގުޅައި ވާހަކަ ދައްކައިގެން އޭޑީކޭ ގައި ނިއުރޯސާޖެން އެއް ހުރުމުން ޕޭޝަންޓުގެ މައުލޫމާތު ނޭނގުނު ނަމަވެސް އޭނާ އާއި އޭޑީކޭ އިން ހަވާލުވާ ގޮތަށް ވަނީ ހަމަޖެހުނު ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ވެންޓިލޭޓަރުގެ ހިދުމަތް ދެވޭކަށް އަދި ނެތް ކަމަށެވެ. ސޮބާހް އައިޖީއެމްއެޗު ނުވަތަ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރީ އެހެންވެ ކަމަށް އާސަންދަ އިން ބުނެ އެވެ.

ޕޭޝެންޓްގެ ހާލު ސީރިއަސް ކަމުން ހުޅުމާލޭ ހޮސްޕިޓަލުން އައިޖީއެމްއެޗް އަދި އޭޑީކޭއާ ގުޅައި ވާހަކަ ދައްކައި، އޭޑީކޭ ގައި ނިއުރޯސާޖެން އެއް ހުރުމާ އެކު، ޕޭޝަންޓުގެ ޕާސަނަލް ޑީޓެއިލްސް ނޭނގުނު ނަމަވެސް ޕޭޝަންޓާ އޭޑީކޭ އިން ހަވާލުވާ ގޮތަށް ވަނީ ހަމަޖައްސާފައި،" އާސަންދަ ކުންފުނީގެ މެސެޖުގައި ވެ އެވެ. އާސަންދަ އިން ބުނިގޮތުގައި ހުޅުމާލޭ ހޮސްޕިޓަލްގައި ވެންޓިލޭޓަރުގެ ޚިދުމަތް ދެވޭކަށް އަދިއެއް ނެތެވެ. ސޮބާހް އައިޖީއެމްއެޗު ނުވަތަ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރީ އެހެންވެ ކަމަށް އާސަންދަ އިން ބުނެ އެވެ

ސޮބާހް އެކްސިޑެންޓް ވެގެން ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސް، އެއީ ކާކުކަން ނޭނގިގެން އޭނާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ރޭ ވަނީ ދައުރުކޮށްފަ އެވެ.

ހުޅުމާލޭގައި ދިރިއުޅުނު ސޮބާހު އެކްސިޑެންޓްވީ، އާއިލާ އިން ބުނިގޮތުގައި އޭނާ ހިނގާލަން ނިކުމެ އުޅެނިކޮށެވެ. އޭނާ އަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގައި އާކިޓެކްޓުގެ ދާއިރާ އިން ފަސްޓް ޑިގްރީ އަށް ކިޔަވަމުން އައި ޒުވާނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް