ބްރިޖާއި ގުޅޭ މަގުތައް ހެދުމަށް ގައިދީން ނެރެފި

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ގުޅޭ މާލޭގެ މަގުތަށް ހެދުމުގެ މަސައްކަތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީން ނެރެފި އެވެ. މިކަން ކަރެކްޝަންސް އިން ވަނީ ދުވަހަށް ...

10 Jun 2018 | 09:26

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ގުޅޭ މާލޭގެ މަގުތަށް ހެދުމުގެ މަސައްކަތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީން ނެރެފި އެވެ.

މިކަން ކަރެކްޝަންސް އިން ވަނީ ދުވަހަށް ކަށަވަރުކޮށްދީފަ އެވެ. ކަރެކްޝަންސް އިން ބުނީ މާލޭ މަގުތަކަށް ފުރަތަމަ ފަހަރަށް މަސައްކަތް ކުރަން ނެރެފައިވާ ގައިދީންނަކީ އަހުލާގު ރަނގަޅު މަސައްކަތަށް ކަމޭ ހިތާ ގައިދީން ކަމަށެވެ.

އެމީހުން މަގުމަތީގައި މަސައްކަތް ކުރާ އިރު ޕްރިޒަން އޮފިސަރުންވެސް އެ ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަމުން ދެ އެވެ. މި މަސައްކަތުގައި 20 ގައިދީ އަކު ދަނީ ބައިވެރިވަމުންނެވެ.

އެމީހުން ލައްވާ މަސައްކަތް ކުރުވަނީ ކޮންޓްރެކްޓް އުސޫލުން، މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް އެލަވެންސެއް ލިބޭ ގޮތަށެވެ.

ބްރިޖާއި ގުޅޭ ރިންގް ރޯޑް ޕްރޮޖެކްޓްގެ ދަށުން، މޭރީ ބްރައުން އިން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ރިންގް ރޯޑް ޕްރޮޖެކްޓްގެ މައިގަނޑު މަސައްކަތްތައް ކުރަމުން އަންނަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުންނެވެ.

މި މަސައްކަތުގެ އިތުރުން މާފުށީގައި އާއި ތިލަފުށީގައި ގައިދީން ލައްވާ ދަނީ އެލެވެންސް ދޭ ގޮތަށް މަސައްކަތް ކުރުވަމުންނެވެ. އަދި ސްޓެލްކޯއިންވެސް ދަނީ ކަރެކްޝަންސް އާއި އެކު އެއްބަސްވުމެއް ހަދައި، ގައިދީން ލައްވާ އުޖޫރައަށް މަސައްކަތް ކުރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް