ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު، ސައިފް އަލީ ހާން އާއި ކައިވެނި ކުރުމުން ވަރަށް ގިނަ މީހުން ތަފާތު އެއްޗެހި އޭނާ އާއި ދިމާލަށް ކީ ކަމަށް ވެ އެވެ.
އާއިލާ ތެރެއިންވެސް އެ ކައިވެންޏަށް ފުރަތަމަ ނުރުހުން ފާޅު ކުރި އެވެ. އޭގެ ތެރެއިން އެކަކީ ދައްތަ ކަރިޝްމާ ކަޕޫރެވެ. ކެރިއަރު ހުއްޓުމަކަށް އަތުވެދާނެ ކަމާއި، ސައިފްގެ އުމުރާއި، ކުދިން ތިބުމަކީ ކަރިޝްމާ މާ ރުހޭ ކަމަކަށް ނުވި އެވެ.
އެކަމަކު ކަރީނާ ގޮތް ދޫނުކޮށް ކައިވެނި ކުރަން ބޭނުންވީ ކަމަށް ކަރިޝްމާ މީޑިއާގައި މީގެ ކުރިން ބުނެފައިވެ އެވެ. އެވާހަކަ އާއި ގުޅުވައިގެން ކަރީނާ އިއްޔެ މީޑިއާގައި ބުނީ ފިލްމީ ދާއިރާގަ މަސައްކަތް ކުރާ މީހުންވެސް އޭނާއަށް އެފަދަ ގޮތަކަށް މަލާމާތް ކުރި ކަމަށެވެ.
އެގޮތުން ކައިވެނި ކުރުމުން ފިލްމު ކުޅުމުގެ ފުރުސަތުތައް ކުރިން ލިބުނު ގޮތަށް ނުލިބޭނެ ކަމަށާއި މާ ކާމިޔާބު ފިލްމުތަކެއް ކުޅުމުގެ ފުރުސަތުވެސް ނުލިބޭނެ ކަމަށް ބައެއް ޑައިރެކްޓަރުން ބުނި ކަމަށް ކަރީނާ ބުންޏެވެ.
ކަރީނާ ބުނީ އެމީހުންގެ ބަސްތައް އަނބުރާ އެމީހުންނަށް ފޮނުވާލުމަށް ފަހު އޭނާ އަކީ ކައިވެންޏަށް ފަހުވެސް ކާމިޔާބު މީހެއްކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ. އަދި އޭނާ ކުޅެން ބޭނުން ގޮތަކަށް ފިލްމުތަކުގެ ޝެޑިއުލް ރާވައިގެން ކުޅުނަސް ފިލްމަށް ގެއްލުމެއް ނެތްކަންވެސް ސާބިތުކޮށްދީފައިވާނެ ކަމަށް ބުންޏެވެ.
ކަރީނާ ކައިވެންޏަށް ފަހު ބަލިވެ އިނުމާއި ގުޅިގެން މިހާރު ރިލީޒް ކޮށްފައިވާ "ވީރޭ ދި ވެޑިން" ގެ މަސައްކަތް ކަރީނާއަށް ޓަކައި މެދުކަނޑާލި އެވެ. މި ފިލްމުވެސް ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އިރު ކައިވެންޏަށް ފަހު ކަރީނާ ކުޅުނު ހުރިހާ ފިލްމެއްވެސް ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި އެވެ.
އޭގެ ތެރޭގައި "ކީ އެންޑް ކާ" އަދި "ތަލާޝް" ހިމެނެ އެވެ. މިހާރު ކަރީނާ ނިންމާފައިވަނީ ތައިމޫރަށް ވަގުތު ދިނުމުގެ ގޮތުން އަހަރަކު ފިލްމެއް ކުޅުމަށެވެ. އަދި އެވެސް 50 ދުވަހުން މަސައްކަތް ނިމޭ ފިލްމުތަކެވެ.
ކަރީނާ ބުނީ މިހާރު އިތުރު ފިލްމަކަށް ސޮއި ކުރުމާއި ހަމައަށް ގޮސްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ފިލްމުގެ މައުލޫމާތު އާންމު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް