ބްރެޒިލްގައި ވިހެއުމަށްފަހު ބިންމަތީގައި ވަޅުލާފައި އޮތް ތުއްތު ކުއްޖަކު ހަތް ގަޑިއިރަށްފަހު ސަލާމަތް ކޮށްފި އެވެ.
އެ ކުއްޖާ ވަޅުލި ކަމަށްވަނީ އެ ކުއްޖާގެ އާއިލާއިންނެވެ. އެ ކުއްޖާ ސަލާމަތް ކުރީ ބްރެޒިލްގެ ފުލުހުންނެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި އެ ހާދިސާގައި ސަލާމަތް ކުރި ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ ކުއްޖާ ވަޅުލާފައި އޮތީ ބްރެޒިލްގެ މަޓޯ ގުރޮއްސޯ ސްޓޭޓްގެ ޒިންގޫ ނެޝަނަލް ޕާކުގެ ތެރޭގައި އެވެ. ވަޅުލާފައި އޮތީ ފޫޅުވެސް ނުކަނޑައެވެ.
ބްރެޒިލްގެ ނޫހެއް ކަމުގައިވާ އޯ ގްލޯބޯއިން ރިޕޯޓް ކޮށްފައިވާގޮތުގައި އެ ކުއްޖާ ވަޅުލާފައި އޮތީ 50 ސެންޓިމީޓަރު އަޑީގައި އެވެ.
މި މައްސަލަ ބްރެޒިލް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މި މައްސަލައިގާ އެ ކުއްޖާގެ މުނިމާމަ ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ. އެ އާއިލާއަކީ ބްރެޒިލްގެ ގަބީލާއަކަށް ނިސްބަތްވާ އާއިލާ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް