އުތުރު ކޮރެއާގެ ލީޑަރާ ވައްތަރު މީހަކު ސިންގަޕޫރުގައި ހައްޔަރު ކޮށްފި

މި މަހުގެ 12 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ސިންގަޕޫރުގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނިކޮށް އުތުރު ކޮރެއާގެ ލީޑަރާ ވައްތަރު މީހަކު ސިންގަޕޫރުގައި ހަ...

10 Jun 2018 | 08:21

މި މަހުގެ 12 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ސިންގަޕޫރުގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނިކޮށް އުތުރު ކޮރެއާގެ ލީޑަރާ ވައްތަރު މީހަކު ސިންގަޕޫރުގައި ހައްޔަރު ކޮށްފި އެވެ.

ހައްޔަރު ކޮށްފައިވަނީ ހޯވާޑް އެކްސް ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ އޮސްޓްރޭލިއާގެ ކޮމީޑިއަން އެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސިންގަޕޫރު ފުލުހުން އޭނާ ހައްޔަރު ކުރީ އޭނާގެ ސިޔާސީ ފިކުރު ދެނެގަތުމަށެވެ. އެއީ ކިމް އާއި ޓްރަމްޕްގެ ބައްދަލުވުމަށް އަސަރެއް ފޯރަފާނެ ފަދަ ކަމެއް ހިނގާފާނެ ކަމަށް ވިސްނައިގެން ފުލުހުން ކުރި ކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ހޯވާޑް އެކްސް އަކީ އޭނާގެ އަސްލު ނަމެއް ނޫނެވެ. އަސްލު ނަން ހާމަކުރަން ބޭނުން ނުވާ ހޮވާޑް އެކްސް ބުނީ އޭނާ ހައްޔަރު ކުރީ ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުން ކަމަށާއި ސުވާލުތައް ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް