މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރު ޖުމްހޫރީ ޕާޓީ(ޖޭޕީ) އަށް ސޮއި ކުރައްވައިފި އެވެ.
އުމަރު ޖޭޕީއަށް ސޮއި ކުރައްވާފައިވަނީ ރޭ އެ ޕާޓީގެ މައި އޮފީސް ކަމުގައިވާ މާފަންނު ކުނޫޒުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެވެ. އެ ރަސްމިއްޔާތުގައި އިތުރު ދެ ބޭފުޅަކު ޖޭޕީއަށް ސޮއި ކުރައްވާފައި ވެ އެވެ.
އެ ދެބޭފުޅުންނަކީ ފުލުހުންގެ އިދާރާގައި ޑީއެންއޭ އެނަލިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ޗީފް އިންސްޕެކްޓަރު ހުސައިން އަމުރާއި ގާނޫނީ އިލްމު ކިޔަވައިދެއްވަމުން ގެންދަވާ ލެކްޗަރާއެއް ކަމުގައިވާ އިބްރާހިމް ހާފިޒުވއެވެ.
ޖޭޕީއަށް ސޮއި ކުރެއްވި ތިން ބޭފުޅުންގެ ފޯމާއި ޕާޓީގެ ފަރާތުން ހަވާލުވެލެއްވީ އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް