ދިރާގު ޓީވީން 4ކޭ ޗެނަލެއް ދޫކުރަން ފަށައިފި

ދިރާގު ޓީވީ މެދުވެރިކޮށް ފުރަތަމަ ފަހަރަށް 4ކޭ ޗެނަލެއް ދޫކުރަން ފަށައިފި އެވެ. ދިރާގުން ބުނީ އަލަށް ތައާރަފު ކުރި 4ކޭ ޗެނަލްއަކީ ގުދުރަތީ މަންޒަރުތަކާއި ޑޮކިއުމެންޓްރީތައް ދައްކާ "ލަވް ނޭޗާ" ކިޔާ ޗެނ...

10 Jun 2018 | 07:10

ދިރާގު ޓީވީ މެދުވެރިކޮށް ފުރަތަމަ ފަހަރަށް 4ކޭ ޗެނަލެއް ދޫކުރަން ފަށައިފި އެވެ.

ދިރާގުން ބުނީ އަލަށް ތައާރަފު ކުރި 4ކޭ ޗެނަލްއަކީ ގުދުރަތީ މަންޒަރުތަކާއި ޑޮކިއުމެންޓްރީތައް ދައްކާ "ލަވް ނޭޗާ" ކިޔާ ޗެނަލެކެވެ. މި ޗެނަލުން ރީތި މަންޒަރުތައް ދައްކައިދޭ ޑޮކިއުމެންޓްރީ ފަދަ އެއްޗެހި ހިތްގައިމު 4ކޭ ކޮލިޓީގައި ފެންނާނެ އެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ވަރަށް  މަގުބޫލު  ޗެނެލެކެވެ.

ފުރަތަމަ 4ކޭ ޗެނަލް ނުވަތަ އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ އަކީ މިހާރުގެ ސްމާޓް ޓީވީ ތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީ ޗެނަލް އެވެ.

"ލަވް ނޭޗާ" ޗެނަލް ތައާރަފް ކޮށްފައިވަނީ ދިރާގު ޓީވީ އިންޓްރޯ ޕެކޭޖްގެ ބޯނަސް ޗެނަލެއް ގޮތަށެވެ. ދިރާގުން ބުނީ މިޗެނަލް އަދި ލިބޭނީ ފައިބާ ކަނެކްޝަން މެދުވެރިކޮށް ދިރާގު ޓީވީ ހިދުމަތް ހޯދާ ފަރާތްތަކަށެވެ. މި ޗެނަލް އަދި ދޫކުރަނީވެސް މާލެ އާއި މާލެ ކައިރީގައިވާ ފައިާ ކަނެކްޝަން ހުރި ރަށްތަކަށެވެ.

އެކަމަކު  މިއަހަރު ނިމުމުގެ ކުރިން ދިރާގު ފައިބާ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް މިޗެނަލް ލިބޭނެ އެވެ. ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކީ ހާއްސަ ޖޯއިބޮކްސްއެއް ގަންނާކަށް ނުޖެހޭނެއެވެ. މިހާރު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން އެއްވެސް އަގަކާނުލާ ޖޯއިބޮކްސް ލިބޭނެއެވެ.

އެ ކުންފުނިން ބުނީ 4ކޭ ޗެނަލެއް ތައާރަފް ކުރުމަކީ ދިރާގުން ރާއްޖޭގެ ކޭބަލް ޓީވީ މާކެޓް އިތުރު ހަރުފަތް ތަކަކަށް ގެންގޮސް ދިނުމަށް ކުރިއަށް އެޅި އެއްފިޔަވަޅެއް ކަމަށެވެ. އަދި ދިރާގު ޓީވީގެ ހިދުމަތް އިތުރަށް ތަރައްގީ ކޮށް ފުރިހަމަ ކުރުމަށް އިތުރު މަސައްކަތްތައް ކުރިއަށް ގެންދާކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ޓީވީގެ އިންޓްރޮޑަކްޓަރީ ޕެކޭޖުގެ އަގަކީ މަހަކު 300 ރުފިޔާ އެވެ. މި ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް