މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު 14.6 ޕަސެންޓު ދަށް ވެއްޖެ އެވެ.
މީރާއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން އެ އޮތޯރިޓީ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބިފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ. އެއީ ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ 10.4 ޕަސެންޓު އިތުރު އަދަދެކެވެ. އެކަމަކު މިދޔަ އަހަރު މެއި މަހު ލިބުނު އާމްދަނީއަށްވުރެ 14 ޕަސެންޓު ދަށް އަދަދެކެވެ.
ބީއެމްއެލްއިން ބުނީ އަންދާޒާކުރި އަދަދަށްވުރެ %10.6 އިތުރަށް އާމްދަނީ ލިބިފައިވަނީ މި މަހުގެ ތެރޭގައި ބައެއް ބޭންކްތަކުން ސުންގަޑީގެ ކުރިއަށް ބޭންކް ޕްރޮފިޓް ޓެކްސް ދެއްކުމުންނެވެ. މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން 38.22 މިލިއަން ލިބިފައިވަނީ އެމެރިކާ ޑޮލަރުންނެވެ.
މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީއެވެ.ޖީއެސްޓީގެ ގޮތުގައި 610.43 މިލިއަން ރުފިޔާ ލިބުނު އިރު ބޭންކް ޕްރޮފިޓް ޓެކުހުން 98.71 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 64.16 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 57.34 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 161.24 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް