އެއް ކެނޑިޑޭޓަކު ނެރުމުގައި ހުރަހަކަށް ވާކަށް ނެތިން: ނަޝީދު

އެއް ކެނޑިޑޭޑަކު ނެރުމުގައި ހުރަހަކަށް ނުވާނެ ކަމުގެ ޔަގީންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ. މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އާއި ވާދަވެރި...

10 Jun 2018 | 04:43

އެއް ކެނޑިޑޭޑަކު ނެރުމުގައި ހުރަހަކަށް ނުވާނެ ކަމުގެ ޔަގީންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އާއި ވާދަވެރި ފަރާތްތަކުން އެއް ކެނޑިޑޭޓެއް ނެރުމަށް ކުރާ މަސައްކަތުގައި "އަޅުގަނޑަކީ" ހުރަހަކަށް ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އަދި "އަޅުގަނޑުމެން" ނެރޭނީ އެއް ކެނޑިޑޭޓެއް ކަމަށާއި "އިރާދަކުރެއްވިއްޔާ" ރައީސް ޔާމީން ބޮޑު ތަނުން ބަލި "ކުރާނަން" ކަމުގައިވެސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ނެރުއްވި ބަޔާނެއްގައި، ރައީސް ނަޝީދު ތާއީދު ކުރައްވާ ބައެއް ކަންތައްތަތަކަށް ޖުމްހޫރީ ޕާޓީން އެއްބަސް ނުވާނެ ކަމަށް ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް