ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި ޒަހަމްވި އެކަކު ނިޔާވެއްޖެ

ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި އެކަކު، ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނާ އެވެ. އޭނާ ނިޔާވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައ...

10 Jun 2018 | 04:25

ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި އެކަކު، ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނާ އެވެ. އޭނާ ނިޔާވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފަރުވާ ދެމުން ދަނިކޮށް ނިޔާވި ޒުވާނާ އަކީ ޖޮގިން ނިންމާލާފައި ދިޔަ މީހާ އެވެ. އެކްސިޑެންޓްވީ އުމުރުން 18 އަހަރުގެ ދެ ޒުވާނަކު ދުއްވި ސައިކަލެއް، ޖޮގިން ނިންމާލާފައި ދިޔަ ޒުވާނާގެ ގައިގާ ޖެހިގެންނެވެ. މި އެކްސިޑެންޓްގައި އެ ޒުވާނާގެ ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބުނެވެ.

ރޭ 09:00 ހާއިރު އަމީން އެވެނިއު ކައިރީގައި ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން 18 އަހަރުގެ ޒުވާނަކަށް ފަރުވާ ދިނުމަށް ރޭ އޭޑީކޭއަށް ގެންގޮސްފައި ވެ އެވެ. އެ ޒުވާޏާޣެ ބޮލަށްވެސް ގެއްލުންތަކެއް ވެފައި ވެ އެވެ. ފަހަތުގައި އިން ޒުވާނާއަށް މާ ބޮޑު އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް