އެމެރިކާގެ މަޝްހޫރު އެކްޓަރ އަދި ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް އޭނާގެ ވޯޑްރޯބް ތެރޭގައި ހަރުގަނޑެއް ގެންގުޅެ އެވެ. މިއީ އޭނާ އޭނާގެ ހެނދުން ނަގަންވެގެން ބޭނުން ކުރާ ހަރުގަނޑެކެވެ.
ނެށުންތެރިޔާ ޑެރެކް ހޯގް ހާމަކުރާގޮތުގައި ޖެނިފާގެ ހެދުންތައް ގިނަކަމުން އޭނާގެ ވޯޑްރޯބްވެސް ބޮޑު ކޮޓަރިއެއްވަރުވެ އެވެ. އަދި އެ ހެނދުންތައް މަތިން ނެގުމަށްޓަކައި "ބިއުޓީ އެންޑް ދަ ބީސްޓް" ގައި "ބެލް" ފޮތްތަށް ނަގަން ގެންގުޅޭ ކަހަލަ ހަރުގަނޑެއް ޖެނިފާ ގެންގުޅެ އެވެ.
ޑެރެކްވަނީ 47 އަހަރުގެ ތަރި ޖެނިފާއާއި އެކު އެމެރިކާގައި އޮތް ނެށުމުގެ ޝޯއެއްގައި ބައިވެރިވެފަ އެވެ.
މީގެ އިތުރުން ޖެނިފާ އަކީ ދުނިޔޭގެ ރީތިމީހުންގެ ތެރެއިން ގުނާލެވޭނެ މީހަކަށްވާއިރު އޭނާގެ ހެދުން ބަހައްޓާ ކަބަޑު ބޮޑުވުމަކީ އެއީ އެއްވެސް ބޮޑުކަމެއް ނޫންކަމަށާއި އޭނާ ދެކޭގޮތުގައި ޖެނިފާ އަކީ އުމުރު މަތިވާ ވަރަކަށް ރީތިވަމުން އަންނަމީހެއްކަމުގައި ޑެރެކް ވަނީ ބުނެފަ އެވެ.
ޖެނިފާ އަކީ ފިލްމީދައިރާއިންނާއި ލަވަކިޔުމުގެ ދާއިރާއިން އެމެރިކާގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ތަރިއަކަށް ވީހިދު އެފަދަ މީހެއްގެ ވޯޑްރޯބް ބޮޑުވާނެ ކަމުގެ އެއްވެސް ޝައްކެއް ނެތެވެ. މީގެ އިތުރުން ޖެނިފާ އަކީ ދދުނިޔޭގެ އެންމެ އަގުބޮޑު އެންމެ ރީތި އެއް ގެއެއްގައި ދިރިއުޅެމުން އަންނަ ތަރިއެއްވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް