ކިޑްނީ އާއިމެދު ސަމާލުވާންވީ މިހެންވެ !

މިހާރަކަށް އައިސް ޒުވާނުންނާއި ބޮޑެތި މީހުންގެ ތެރޭގައި ކިޑްނީގެ މައްސަލަތައް ފެނުމަކީ މުޅި ދުނިޔޭގައިވެސް އާއްމުކަމެކެވެ. ލޭގެ ޕްރެޝަރާއި ހަކުރު ހުންނަ މިންވަރު އަޅުގަނޑުމެންނަށް ބެލޭއިރު ހަމަ އެހާމެ...

10 Jun 2017 | 08:20

މިހާރަކަށް އައިސް ޒުވާނުންނާއި ބޮޑެތި މީހުންގެ ތެރޭގައި ކިޑްނީގެ މައްސަލަތައް ފެނުމަކީ މުޅި ދުނިޔޭގައިވެސް އާއްމުކަމެކެވެ. ލޭގެ ޕްރެޝަރާއި ހަކުރު ހުންނަ މިންވަރު އަޅުގަނޑުމެންނަށް ބެލޭއިރު ހަމަ އެހާމެ މުހިންމު އަޅުގަނޑުމެންގެ ކިޑްނީއާއި ދޭތެރޭ ވިސްނާލަން އަޅުގަނޑުމެންނަށް ފުރުސަތު ނުލިބެނީ ކީއްވެތޯ؟ ކިޑްނީއާއި ބެހޭގޮތުން ލިޔެފައި ހުންނަށް ފޮތްތައް ކިޔާލުމުގެ ފުރުސަތު ނުލިބެނީ ކީއްވެތޯ؟

ހަކުރުބައްޔާއި ހައިޕަރ ޓެންޝަން ފަދަ ބަލިތަކޭ އެއްފަދައިން ކިޑްނީގެ ބަލިތަކަކީވެސް އޭގެ އަސަރު ނުދައްކާ ހުރެ މީހާ ހަލާކުކޮށްލާނެ އެއްޗެކެވެ. ކިޑްނީގެ ބއްޔެއްގެ އަލާމާތެއް ފެންނާނީ ކިޑްނީގގެ 70% ހަލާކުވާ ފަހުންނެވެ.

ކިޑްނީ މައްސަލަތައް ގިނަވަނީ ކީއްވެ؟

އިންޑިޔާގެ ޑޮކްޓަރެއް ކަމުގައިވާ ޑރ. އަލްކާ ބާސިން ދެކޭގޮތުގައި ގިނަ ޒުވާނުންގެ ތެރޭގައި ކިޑްނީގެ ބަލިތައް ގިނަވަނީ ފަރުވާކުޑަކަމުންނެވެ. މީގެ އިތުރުން އެއާއި ގުޅޭގޮތުން ރަގަޅަށް މަޢުލޫމާތު ލިބިފައި ނެތުމަކީވެސް މިފަދަ ބަލިތައް އާއްމުވާން ޖެހޭ ސަބަބެއް ކަމަށް ޑރ. އަލްކާ ވަނީ ހާމަކޮށްފަ އެވެ.

ކިޑްނީއަށް ޖެހޭ ބަލިތަކުގެ އަލާމާތްތަކަކީ ކޮބާ؟

ކިޑްނީއަށް ޖެހޭ ބަލިތަކުގެ އަލާމާތްތައް ފެންނަން ފަށާނީ އެ ބަލި 70% އަށް ފެތުރުމުން ކަމުގައިވިޔަސް އޭގެ އެޑްވާންސް ސްޓޭޖްގައި ފެންނަ އަލާމާތްތަކެއް ހުރެއެވެ. އޭގެތެރޭގައި ފައިގެ ވާގިދޫވުމާއި، ކާހިތްނުވުމާއި، ގައިގެ ތަންތަން ކަހައި ހެދުމާއި، އިރުއިރުކޮޅާ އުކުނޑި ކޮށްޓުމާއި އަދި މީގެ އިތުރުން އަންހެންވެރިންގެ ޕީރިއެޑްގައި މައްސަލަތައް ދިމާވުމާއި ނިދުމުގައި އުދަނގޫތައް ދިމާވުން ހިމެނެ އެވެ.

މިފަދަ ބަލިތަކުން ސަލާމަތްވެވޭނީ ކިހިނެތް؟

ކިޑްނީގެ ބަލިތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ ބޮޑު ފިޔަވަޅަކީ ގަވައިދުން ޑޮކްޓަރަށް ދައްކާ ކިޑްނީގެ ޓެސްޓުތައް ހެދުމެވެ. އަދި މީގެ އިތުރުން މިފަދަ ބަލިތަކާ ބެހޭގޮތުން ތަޖުރިބާ ކާރުން ލިޔެފައި ހުންނަ ފޮތްތައް ކިޔައއި އޭގައި ވާގޮތަށް ޢަމަލު ކުރުމާއި، ހަށިގަނޑަށް ފައިދާ ހުންނަ ރަގަޅު ކާނާތައް ކެއުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް