ލިންކުރޯޑުން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ

އައްޑޫސިޓީގެ ލިންކުރޯޑުން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ އެވެ. އައްޑޫ އޮންލައިންގައިވާގޮތުން ލިންކު ރޯޑުން ކުނިކޮށި ސަރަހައްދުން ދުއްވާފައި ދަނިކޮށް މި ކާރުގައި ރޯވީ ބެޓެރި ޝޯޓެއް ކޮށްގެން ކަމަށް...

10 Jun 2017 | 06:10

އައްޑޫސިޓީގެ ލިންކުރޯޑުން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ އެވެ.

އައްޑޫ އޮންލައިންގައިވާގޮތުން ލިންކު ރޯޑުން ކުނިކޮށި ސަރަހައްދުން ދުއްވާފައި ދަނިކޮށް މި ކާރުގައި ރޯވީ ބެޓެރި ޝޯޓެއް ކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ ހިތަދޫ އަންހެނަކާ ކައިވެނިކޮށްގެން ހިތަދޫގައި ދިރިއުޅޭ ލަންކާ މީހެއްގެ ކާރެއް ކަމަށާއި ކާރު ދުއްވާފައި ދިޔައީ ކާރުގެ ވެރިފަރާތުންނެވެ. ކާރުން ދުން އަރަން ފެށުމުން ދުއްވަން އިން މީހާ ވަނީ ކާރުން ފައިބާފައިކަމުގައި އައްޑޫ އޮންލައިންގައި ވެ އެވެ.

އެ ކާރަކީ ނިސާން މަރުކާގެ  ފެއަރ ލޭޑީ ކާރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް