“އިސް ޕިޔާރުކޯ ކިޔާ ނާމް ދޫން 3” ޖުލައި ތިނެއްގައި ދައްކަން ފަށަނީ!

ޑްރާމާ ސީރީޒް ބަލާ މީހުންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދި އަދި ދިވެހިންގެ މެދުގައިވެސް މަގުބޫލުކަން ހޯދި ހިންދީ ޑްރާމާ ސީރީޒް “އިސް ޕިޔާރުކޯ ކިޔާ ނާމް ދޫން 3" ޖުލައި ތިން ވަނަ ދުވަހު ދައްކަން ފަށ...

10 Jun 2017 | 03:30

ޑްރާމާ ސީރީޒް ބަލާ މީހުންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދި އަދި ދިވެހިންގެ މެދުގައިވެސް މަގުބޫލުކަން ހޯދި ހިންދީ ޑްރާމާ ސީރީޒް “އިސް ޕިޔާރުކޯ ކިޔާ ނާމް ދޫން 3" ޖުލައި ތިން ވަނަ ދުވަހު ދައްކަން ފަށަން ހަމަޖައްސައިފި އެވެ.

އެ ޝޯ ދައްކަން ނިންމާފައިވަނީ ކުރީގެ ދެ ސީޒަންވެސް ދެއްކި ސްޓާ ޕްލަސް އިންނެވެ. “އިސް ޕިޔާރުކޯ ކިޔާ ނާމް ދޫން 3" ގެ އިޝްތިހާރު މިހާޜު ސްޓާ ޕްލަސްއިން ދައްކަން ފަށާފައިވާއިރު އެ ޝޯ ދައްކާނީ ރާއްޖޭ ގަޑިން ރޭގަނޑު 7:30 ގައި އެވެ.

އެގަޑީގައި މިހާރު ދައްކާ "ޕަރްދޭސް މޭހޭ މޭރާ ދިލް" ދެއްކުން ހުއްޓާލާ އަޑުތަކެއްވެސް މިދޭތެރެއަކުން ފެތުރު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

“އިސް ޕިޔާރުކޯ ކިޔާ ނާމް ދޫން 3" ގައި ލީޑްރޯލުން ފެނިގެންދާނީ ފުރަތަމ ސީޒަނުން އާންމުންގެ މަގުބޫލުކަން ހޯދި ބަރުން ސޮބްތީ (އަރްނަވް ސިންހަ ރައިޒާދާ)  އާއި ސާނަޔާ އިރާނީ (ހުޝީ ކުމާރީ ގުޕްތާ) ގެ އިތުރުން އަލަށް ގުޅޭ ޝިވާނީ ތޯމަރު އެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން ހުޝީ މިފަހަރުގެ ސީޒަން އަކުން ނުފެންނާނެ އެވެ.

އެކަމަކު އާންމުންގެ ފަރާތުން ލިބުނު ނުރުހުމުގެ ބަސްތަކާއި ހެދި ޕްރޮޑަކްޝަން ޓީމަށް ޖެހުނީ ހުޝީ މި ސީޒަންގައިވެސް ބައިވެރި ކުރާށެވެ. ރިޕޯޓުތައް ބުނާގޮތުގައި މިފަހަރުގެ ސީޒަންގައި ފެނިގެންދާނީ ތިނެސްކަން ލޯބީގެ ވާހަކައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް