ލަންކާގައި ދިވެހި ކުޑަކުއްޖަކު މަރުވި މައްސަލައެއް ތަހުގީގު ކުރަނީ

އަވަށްޓެރި ސްރީލަންކާގައި ދިވެހި ކުޑަކުއްޖަކު މަރުވި މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާކަން މީޑިއާގަ...

10 Jun 2017 | 02:15

އަވަށްޓެރި ސްރީލަންކާގައި ދިވެހި ކުޑަކުއްޖަކު މަރުވި މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާކަން މީޑިއާގައި ކަށަވަރު ކޮށްދެއްވާފައި އެވެ. އެކަމަކު އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖެ ކެވެ. އެ ކުއްޖާ ލަންކާގައި ދިރިއުޅެމުން ދިޔައީ މަންމަ އާއި އެކު އެވެ. އެ ކުއްޖާ މަރުވި ގޮތެއް އަދި ދުވަހެއް ނޭނގެ އެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އުމުރުން 19 އަހަރުގެ ދިވެހި ޒުވާނަކު ލަންކާގައި މަރުވެފައި އޮއްވަ  ފެނިފަ ވެއެވެ. އޭނާ މަރުވެފަ އޮއްވަ ފެނިފައިވަނީ ދިރިއުޅުނު އެޕާޓްމަންޓުގެ ކޮޓަރިތެރޭން ކުނި ވަސްދުވާތީ ބެލި އިރު ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް