ހޮލޯވީނެއް ނޫން، މިއީ މުސްލިމް ކުޑަކުދީންނަށް ރަމަޟާން މަހު އަންނަ ހާއްސަ ރެ އެއް !

ޤަރްގީއާން އަކީ ޤަލްފުގެ ޤައުމުތައް، ޚާއްސަކޮށް ޤަތަރުގައި ރަމަޟާން މަހުގެ 14 ވަނަ ދުވަހުގެ ރޯދަ ވީއްލުމަށްފަހު އެ ދުވަހުގެ ރޭގަނޑު ކުޑަކުދިނަށް ޚާއްޞަކޮށްގެން ބާއްވާ ޙަފްލާއެއް ނުވަތަ ޕާޓީ އެކެވެ. ނު...

10 Jun 2017 | 01:34

ޤަރްގީއާން އަކީ ޤަލްފުގެ ޤައުމުތައް، ޚާއްސަކޮށް ޤަތަރުގައި ރަމަޟާން މަހުގެ 14 ވަނަ ދުވަހުގެ ރޯދަ ވީއްލުމަށްފަހު އެ ދުވަހުގެ ރޭގަނޑު ކުޑަކުދިނަށް ޚާއްޞަކޮށްގެން ބާއްވާ ޙަފްލާއެއް ނުވަތަ ޕާޓީ އެކެވެ. ނުވަތަ ހަރަކާތެކެވެ. މިއީ ރަމަޟާންމަހުގެ ފުރަތަމަ ފަނަރައިގެ ނިމުން އަންނަ ޙަފްތާ ތެރޭގައި ފާހަގަކުރަމުން އަންނަ ސަޤާފީ ކަމެކެވެ.

ޤަލްފުގެ އެކި ޤައުމުތަކުގައި އެ ޙަފްލާއަށް ކިޔަނީ އެކި ތަފާތު ނަންތަކެވެ. އެގޮތުން ޤަތަރު އަދި ބަޙުރެއިންގައި ކިޔާ އުޅެނީ ގަރަންގޯއޫ އެވެ. ސަޢުދި ޢަރަބިއްޔާގައި ކަރްކީއާން ނުވަތަ ޤަރިޤާން ކިޔާއިރު، ކުވެތްގައި ކިޔަނީ ގަރްގީއާން އެވެ. އިރާޤުގައި އަލް މަނީޖާ ކަރްކިއާން، އޯމާނުގައި ޤަރްނަކޮޝް ކިޔާއިރު އެކުވެރި ޢަރަބި އިމަރާތުގައި ކިޔަނީ ހަގް އަލް ލޭލާހް އެވެ.

ބައެއް ޤައުމުތަކުގައި އެ ޙަފްލާ ފާހަގަކުރުމަށްޓަކައި ކުޑަކުދިން ޒީނަތްތެރިވެ، ޤައުމީ ހެދުން އަޅައިގެން ރޭގަނޑުގެ ވަގުތުގައި އާއިލާ މީހުންނާއި، ރަޙްމަތެރިންނާއި، އަވައްޓެރިންގެ ގޭގެއަށް ގޮސް މަދަޙަފަދަ އެއްޗެހި ކިޔާ އުޅެ އެވެ. އޭރުން އެކުދިންނަށް އެ ގޭގެއިން ހަދިޔާ ލިބެ އެވެ.

ކުރީގައި ކުޑަ ޙަފްލާއެއް ގޮތައް އެ ސަޤާފަތް ދަމަހައްޓަމުންދިޔަ ނަމަވެސް މިހާރު ބައެއް ޤައުމުތަކުގައި ބޮޑު ޙަފްލާއެއް ގޮތައް އެކި ޖަމިޔާތަކުންނާއި، ކަލްޗުރަލް ސެންޓަރުތަކާއި ޝޮޕިން މޯލްސް ތަކުގައިވެސް މި ޙަފްލާ ބާއްވަ އެވެ. އަދި ޙަފްލާގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަ އެކި އިނާމް ލިބޭ ޙަރަކާތްތައްވެސް ކުރިއަށް ގެންދެ އެވެ.

https://www.youtube.com/watch?v=Elo-dvUEMFM

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް