ވަގަށް ނަގާފައިވާ ތިން ސައިކަލު ހޯދައި، އޭގެ ވެރިންނާ ހަވާލުކޮށްފި

ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ތިން ސައިކަލް ހޯދައި އެ ތަކެތީގެ ވެރިފަރާތްތަކާ ހަވާލު ކޮށްފިއެވެ. ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ ތިން ސައިކަލް،  ޗަންޕާ މ...

10 Jun 2015 | 04:37

ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ތިން ސައިކަލް ހޯދައި އެ ތަކެތީގެ ވެރިފަރާތްތަކާ ހަވާލު ކޮށްފިއެވެ.

ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ ތިން ސައިކަލް،  ޗަންޕާ މަގު،  ކޮޅު ބެދިފައި ހުރި ހަނި ގޯޅި ގަނޑެއްގެ ތެރޭގައި ހުރި ކަމަށް އާއްމު ފަރާތަކުން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން މާލެ ތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ މާފަންނު ޕޮލިސް ފުލުހުން ވަނީ އެސަރަޙައްދަށްގޮސް ސަައިކަލުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

އަދި ފުލުހުން ސީނަށް ގޮސް އެ ތިން ސައިކަލް ބަލައިފާސް ކުރިއިރު އެ ސައިކަލް ތަކަކީ ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ސައިކަލް ތަކެއްކަކަން ދެނެގަނެވިފައިވާކަމަށާއި ވަގަށް ނަގާފައި ވަނިކޮށް ފެނިފައިވާ ސައިކަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެތަކެތީގެ ވެރިފަރާތްތަކާއި ސައިކަލްތައް ހަވާލުކުރީ 2015 ޖޫން 9 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް