ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ބާއްވާ އުފާ ފެސްޓިވަލުގެ ދެވަނަ ދުވަހަކީ ފޯރި ގަދަ ހަރަކާތްތަކެއް ރޭވިފައިވާ ދުވަހެއްކަމުގައި އުރީދޫ އިން ބުނެފިއެވެ.
އެގޮތުން އުރީދޫއިން މިއަދު ބުނީ 11 މޭ 2024 ގައި ސެންޓްރަލް ޕާކުގައި ހަވީރު ހަތަރަކުން ފެށިގެން އުރީދޫއިން ރާވާފައިވާ "ޥޯޓަރ ފަން" ކުރިއަށް ދާނެއެވެ. "ފެނާއި ކުލަޔާއި ފޯމް ހިމަނައިގެން ކުދަކުދިންނަށާއި އާއިލާތަކަށް ބައިވެރިވެވޭގޮތަށް މި ހަރަކާތް ކުރިއަށް ދާނެ، އަމިއްލަ ފެން ބަޑިއެއް ހިފައިގެން މި މަޖަލުގައި ބައިވެރިވުމަށް ހުރިހާ ކުދިންނަށްވެސް އުރީދޫގެ ހާއްސަ ދައުވަތެއް އަރުވަން" އުރީދޫއިން ބުނެފައިވެއެވެ.
އުރީދޫއިން ދެން ދައުވަތު އަރުވަނީ ފޯމް ޕާޓީއަށް ފަހު ރޭގަޑު ރީތިވެލައިގެން އާއިލާއާ ރައްޓެހިންނާއިއެކު ފިލްމު ބަލާލުމަށްވެސް ސެންޓްރަލް ޕާކަށް އަންނާށެވެ. މިހިތްގައިމު މާހައުލުގައި އެންމެން އެކީ "ވުޑީ ވުޑްޕެކަރ ގޯޒް ޓު ކޭމްޕް" ބަލާލުމަކީ މި ފެސްޓިވަލް ފުރިހަމަ ކޮށްދޭނެ ކަމެއްކަން އުރީދޫއިން ފާހަގަކުރެއެވެ.
އުރީދޫ މޯލްޑިވްސް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި އެޗް.ޑީ.ސީ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2 ދުވަހަށް ދެމިގެންދާ "އުފާ ފެސްޓިވަލް" ކުރިއަށްދާނީ 10 އަދި 11 މޭ 2024ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން 10ދިހަޔަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް