އިންޑިއާ ސިފައިން ރާއްޖެއިން ބޭލިއްޖެކަމަށް މި ދެކެވޭ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއްކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗް ރާއްޖެއިން ފުރާފައިވާއިރު މިކަމާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އުމަރުގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އެ އިރެއްގައި އޮންނަ ސަރުކާރެއް އިންޑިއާއިން އަބަދުވެސް އަންނަނީ ގުނބޯ ހައްދަމުން ކަމަށެވެ. އަދި އިންޑިއާގެ މިލިޓަރީ ރާއްޖޭގައި ނެތްކަމަށް ނުބުނެވޭނެ ކަމަށެވެ.
އެގޮތުން އުމަރު ވިދާޅުވީ އިންޑީއާ ނޭވީގެ ހެލިކޮޕްޓަރާއި އިންޑިއާ ޑޯނިއާ އެއާ ކްރާފްޓާއި އިންޑިއާގެ ރާޑަރު ސިސްޓަމާއި ބޭނުންކުރަމުން އަންނައިރު އިންޑިއާގެ ނޭވީ ސްޓާފުން އަދިވެސް ރާއްޖޭގައި އެބަ ތިބިކަމަށެވެ. އިތުރު ތަފްސީލާއެކު އޮޕް-އެޑް އެއް މާދަމާ ދިވެހި ރައްޔިތުންނަށް ކިޔާލަން ލިބޭނެ ކަމުގައިވެސް އުމަރުގެ އެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް