ޢާއިލީ ވުޒާރާއާއި އުރީދޫ އަދި އެޗްޑީސީ ގުޅިގެން ބާއްވާ "އުފާ ފެސްޓިވަލް" މިއަދު ހަވީރު

އުރީދޫ މޯލްޑިވްސް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ (ޢާއިލީ ވުޒާރާ) އަދި ހެޗް.ޑީ.ސީ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2 ދުވަހަށް ދެމިގެންދާ ފެސްޓިވަލެއް މިއަދު ފެށުމ...

09 May 2024 | 20:44

އުރީދޫ މޯލްޑިވްސް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ (ޢާއިލީ ވުޒާރާ) އަދި ހެޗް.ޑީ.ސީ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2 ދުވަހަށް ދެމިގެންދާ ފެސްޓިވަލެއް މިއަދު ފެށުމަށް ނިންމައިފިއެވެ.

"އުފާ ފެސްޓިވަލް" ކުރިއަށްދާނީ 10 އަދި 11 މޭ 2024ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4ން 6ށް އަދި ރޭގަނޑު 8ން 10ށެވެ.

ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ މަގުސަދުގައި ބޭއްވޭ މި ފެސްޓިވަލަކީ އާއިލާއާއެކު ވަގުތު ހޭދަކޮށްލާ މަޖާ ކުރެވޭގޮތަށް ރާވާފައިވާ ފެސްޓިވަލެކެވެ. މި ފެސްޓިވަލުގައި މުނިފޫހިފިލުވުގެ ގިނަ ހަރަކާތްތަކާއި އެކި ގޭމުތަކާއި ކުޅިވަރު ހިމެނޭ ގިނަ ސްޓޯލްތަކެއް ހިމެނެއެވެ.

އުފާ ފެސްޓިވަލުގައި އެންމެ ހާއްސަ އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރަނީ އުރީދޫގެ ފަރާތުން ބާއްވާ ފެންކުޅި އަދި ފޯމް ޕާޓީއެވެ. އަމިއްލަ ފެންބަޑި ހިފައިގެން އައިސް 11 ވަނަ ދުވަހު ހަވީރު 4އަކާއި 6ކާ ދޭތެރޭ މި މަޖަލުގައި ހުރިހާ ކުދިންނަށްވެސް ބައިވެރިވެވޭނެއެވެ.

އުރީދޫގެ ފަރާތުން މި ފެސްޓިވަލުގައި 11 ވަނަ ދުވަހުގެ ރޭ 8 ޖަހާއިރު މޫވީ ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މޫވީ ނައިޓުގައި ދެއްކުމަށް ހަމަޖެހިފައިވަނީ "ވުޑީ ވުޑްޕެކަރ ގޯޒް ޓު ކޭމްޕް"، މި ފިލްމެވެ. ސެންޓްރަލް ޕާކުގެ ހިތްގައިމު މާހައުލުގައި އާއިލާއާއި ރައްޓެހިންނާއިއެކު މި ހަފްތާބަންދު ހޭދަކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް