ޕާސްްޕޯޓު ހެދުމަށް ދިމާވި މައްސަލަ ހައްލު ކޮށްފި

ޕާސްޕޯޓު ހެދުމުގައި މިއަދު ދިމާވި މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށައިފި އެވެ. އިމިގްރޭޝަނުން މިއަދު ހެނދުނު ބުނީ ހިދުމަތް މެދު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. މަސައްކަ...

10 May 2023 | 15:39

ޕާސްޕޯޓު ހެދުމުގައި މިއަދު ދިމާވި މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށައިފި އެވެ.

އިމިގްރޭޝަނުން މިއަދު ހެނދުނު ބުނީ ހިދުމަތް މެދު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. މަސައްކަތް ކުރަމުން ދަނީ މެންދުރު އަލުން ހިދުމަތް ފެށުމަށް ކަމަށް އޭރު ބުންޏެވެ.

މީގެ ތިން ގަޑިއިރެއްހާއިރު ކުރިން އެ އިދާރާއިން ބުނީ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ.

ޝެޑިއުލާއި އެއްގޮތަށް ދެން ހިދުމަތް ފަށާނީ މާދަމާ ކަމަށް ބުނެފައިވެ އެވެ.

ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑުނުއިރު، ސްކޫލް ޗުއްޓީ ފެށެން ކައިރި ވާތީ މި ދުވަސްވަރު ޕާސްޕޯޓު ހަދަން ހުށަހަޅާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މި ދުވަސްވަރު ދުވާލަކު އެވްރެޖުކޮށް 300 ޕާސްޕޯޓު ހަދަން ހުށަހަޅާއިރު، 200 އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް