ކޭ ޕާކް މައްސަލައިގަ އިތުރު ދެ މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކު ރެސިޑެންސްގެ މައްސަަލައިގަ އިތުރު ދެ މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ. ކޭ-ޕާކު ފްލެޓުތަކަކީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކް އާއި ހަވާލުކ...

10 May 2023 | 15:18

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކު ރެސިޑެންސްގެ މައްސަަލައިގަ އިތުރު ދެ މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ކޭ-ޕާކު ފްލެޓުތަކަކީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކް އާއި ހަވާލުކޮށްގެން އާބަންކޯއިން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ. އެ މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކުރީ2016 ވަނަ އަހަރު އެވެ.

އެކަމަކު ހަންބޯ ޓެކްގެ ލޯކަލް އެޖެންޓު ހަންބޯ ކޮމްޕެނީގެ އެއް ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) ވަނީ މައި ހިއްސާދާރު، ޖިންއަށް ނޭނގި އެޕާޓްމެންޓުތަކެއް ވިއްކައި އެ ފައިސާ އަމިއްލައަށް ބޭނުންކޮށްފައި ކަމަށް ތހުމަތު ކުރެ އެވެ.

އަދި މައި ހިއްސާދާރު އެ މައްސަލަ ފުލުހަށް ހުށަހެޅީ އޭނާގެ ސޮއި ފޯޖު ކޮށްގެން މީހުންނާއި މުއާމަލާތް ކޮށްފައިވާ ކަމަށް ބުނެ އެވެ.

ފުުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު ޕާސްޕޯޓު ހިފެހެއްޓީ ދިވެއްސަކާއި ބިދޭސީއެއްގެ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން މަންޑޭގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް