ޓެކްނިކަލް މައްސަލަ އެއް ދިމާވެ ޕާސްޕޯޓުގެ ހިދުމަތްތައް މެދުކެނޑިއްޖެ އެވެ.
އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ދަތިވެފައިވާ ކަމަށެވެ. އެ ހިދުމަތް އަލުން ފެށުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
ހިދުމަތް އަލުން މިއަދު މެންދުރު ދޭން ފެށޭތޯ ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ.
ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑުނުއިރު، ސްކޫލް ޗުއްޓީ ފެށެން ކައިރި ވާތީ މި ދުވަސްވަރު ޕާސްޕޯޓު ހަދަން ހުށަހަޅާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މި ދުވަސްވަރު ދުވާލަކު އެވްރެޖުކޮށް 300 ޕާސްޕޯޓު ހަދަން ހުށަހަޅާއިރު، 200 އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް