ޝަރީއަތް ނިމެންދެން ފައިހް ބަންދުކޮށްފި

އައްޑޫ ސިޓީ މަރަދޫފޭދޫ އިބްރާހީމް ފައިހް ނިޒާމް, ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނަށް ފިލައިގެން އުޅެނި...

10 May 2023 | 07:10

އައްޑޫ ސިޓީ މަރަދޫފޭދޫ އިބްރާހީމް ފައިހް ނިޒާމް, ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

އޭނާ ހައްޔަރު ކުރީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނަށް ފިލައިގެން އުޅެނިކޮށެވެ. ފުލުހުން އޭނާ ހޯދަން ފެށީ މާރާމާރީ ހިންގުމަށް ފަހު ފިލައިގެން އުޅެނިކޮށެވެ.

އޭނާ ހައްޔަރު ކުރީ އަމިއްލައަށް ފުލުހުންނާއި ހަވާލު ވުމުންނެވެ.

މި މައްސަލައިގަ ދައުލަތުން ވަނީ ތިން ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައި އެވެ. އެއީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އަދި، ގައިގައި އަތްލުމުގެ ދައުވާއެވެ.

މި ދައުވާތަކުގެ ޝަރީއަތް އިއްޔެ ވަނީ ފަށާފައި އެވެ. އިއްޔެ ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ފުލުހުން އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށެވެ. އެއީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ތުހުމަތުވާތީއެވެ.

މިދިޔަ ފެބްރުއަރީ މަހު ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާގެ މަރުގެ މައްސަލައިގައި ވެސް ފުލުހުން ފައިހަށް ތުހުމަތުކުރާކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް