ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ އަދާލަތު ޕާޓީގެ ކެމްޕޭން މެނޭޖަރަކަށް އެޕާޓީގެ ނާއިބު ރައީސް މުހައްމަދު އިޔާދު ޙަމީދު ހަމަޖައްސައިފިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔަސީ އިންތިޚާބަށް އަދާލަތު ޕާޓީން މިހާރު ވެސް ދަނީ ވެރިކަންކުރާ އެމްޑީޕީ އާއި ކޯލިޝަން ހަދާ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރަމުންނެވެ.
އެގޮތުން އަދާލަތު ޕާޓީގެ 3 ވަަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 23 ވަނަ ބައްދަލުވުމުގައި އެ ޕާޓީން ބުނެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ އެޕާޓީގެ ކެމްޕޭން މެނޭޖަރަކަށް ޕާޓީގެ ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު ހަމަޖައްސާފައިވާ ކަމަށެވެ
މީގެ އިތުރުން މިބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ފަރާތުން ކެމްޕޭނު ވިލަރެސް ކުރުމަށްޓަކައި ސްޓިއަރިންގ ކޮމިޓީގެ ގޮތުގައި 13 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމީޓީއެއް ވަނީ އުފައްދަވާފައެވެ.
މި ކޮމިޓީގައި ހިމެނޭ ބޭފުޅުންނަކީ:
ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު
– ނައިބު ރައީސް އަހުމަދު ޝަރީފު
– ނައިބު ރައީސް ޑރ. ނައުޝާދު މުހައްމަދު
– އަމީން އާންމު އަހުމަދު ޝިޔާޒު
– އަމީން އާންމުގެ ނައިބު ޝައިޚު އަބްދުﷲ ރަޝީދު
– އިސްތަރުޖަމާނު އަލީ ނަޒީރު
– ރަޖިސްޓްރާ ޝާފިއު އަލީ
– ހަރަކާތު ކޮމިޓީގެ މުގައްރިރު އާދަމް މުހައްމަދު
– އިގުތިސޯދީ ކޮމިޓީގެ މުގައްރިރު މުހައްމަދު އަލީ
– އުމްރާނީ ތަރައްގީގެ ކޮމިޓީގެ މުގައްރިރު އަލީ ޝަރީފު
– ސްޓްރެޓެޖިކް ޕޮލިސީ ކޮމިޓީގެ މުގައްރިރު ޑރ. އަހުމަދު އިނާޒު
– ގާނޫނީ ކޮމިޓީގެ މުގައްރިރު އިބްރާހިމް ފަޔާޒު
– ތައުލީމު ކޮމިޓީގެ މުގައްރިރު ޝައިޚު މުހައްމަދު ޝިފާން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް