ފިޓް ރަނާސްގެ ކިޓް ޕާޓްނަރަކަށް އެމްއެން މޯލްޑިވްސް ހަމަޖައްސައިފި

ފިޓް ރަނާސްގެ ކިޓް ޕާޓްނަރަކަށް އެމްއެން މޯލްޑިވްސް ހަމަޖައްސައިފިއެވެ. މިކަމުގެ އެއްބަސްވުމުގައި ފިޓް ރަނާސްގެ ފަރާތުން ސޮއި ކުރީ މީޑިއާ ކޯޑިނޭޓަރ ހުސައިން މަހާސިން އަބްދުލް މުހްސިން އެވެ. އެމްއެން މ...

09 May 2023 | 19:07

ފިޓް ރަނާސްގެ ކިޓް ޕާޓްނަރަކަށް އެމްއެން މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ފިޓް ރަނާސްގެ ފަރާތުން ސޮއި ކުރީ މީޑިއާ ކޯޑިނޭޓަރ ހުސައިން މަހާސިން އަބްދުލް މުހްސިން އެވެ. އެމްއެން މޯލްޑިވްސްގެ ފަރާތުން ސޮއި ކުރީ ކޯ-ފައުންޑަރު މަޒްހޫރު ރިޔާޒެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން މަހާސިން ވިދާޅުވީ މިއީ އެއް އަހަރުދުވަހަށް ވެވުނު އެއްބަސްވުމެއް ކަމަށާއި މި އެއްބަސްވުމުގެ ދަށުން ފިޓް ރަނާސްގެ ރަސްމީ ކިޓް ނުވަތަ މުބާރާތްތަކާއި އެކި އިވެންޓުތަކުގައި އެ ޓީމުން ބޭނުންކުރާނެ ޖާޒީ ދެފަރާތް އެއްބަސްވާ އަގެއްގައި އެމްއެން މޯލްޑިވްސް އިން ހަދައިދޭނެ ކަމަށެވެ.

އެމްއެން މޯލްޑިވްސްގެ ފަރާތުން މަޒްހޫރު ރިޔާޒު ވިދާޅުވީ ފިޓް ރަނާސް އަށް ބޭނުންވާ ޖާޒީ ދަތިކަމެއް ނެތި ލިބޭނޭ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށާއި ނަމަވެސް މިއީ ރާއްޖެއިން ބޭރުން ހަދައިގެން ގެންނަ އެއްޗަކަށްވާތީ، ދުރާލާ އަންގަންވާނެ ކަމަށެވެ.

ފިޓް ރަނާސްގެ ރަސްމީ ޖާޒީއަކީ އެ ކުލަބުގެ ފައުންޑަރުންނާއި އެކްސްކޯ މެމްބަރުންގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް އިބްރާހިމް ރަމީޒު (އިބޭ) އާއި އަބްދުލް ހަންނާނު މުހައްމަދު (ހަމްބެ) ކޮށާ، މަށާ ފަރުމާކޮށްފައިވާ ޖާޒީ އެކެވެ.

2019 ވަނަ އަހަރު ވުޖޫދުވެ، 2020 ވަނަ އަހަރު ރަސްމީކޮށް އިފްތިތާހު ކޮށްފައިވާ ފިޓް ރަނަރސް އިން އަންނަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ އެކި ދުވުންތަކުގައި ބައިވެރިވަމުންނެވެ.

އެގޮތުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި 'ނިއު ދިއްލީ މެރަތަން' ގައި އެ ކުލަބުގެ ދެ ދުވުންތެރިން ބައިވެރިވެ، ހާފު މެރަތަންގައި ވަނީ ދުވެފައެވެ. މި އިވެންޓުގައި އިބްރާހިމް ނާއިފް، އޭޖް ކެޓަގަރީން ގަދަ 10 އެއްގައި ހިމެނިފައެވެ.

މީގެ އިތުރުން އައި-ރަނާސް އިން މިއަހަރު ބޭއްވި 'މޯލްޑިވްސް ހާފު މެރަތަން' ގައި ބައިވެރިވެ، 10 ކިލޯ މީޓަރު ރާސްތާގެ އެއްވަނަ އާއި ހާފު މެރަތަންގެ 3 ވަނަ އެ ޓީމުން ވަނީ ހޯދާފައެވެ.

10 ކިލޯ މީޓަރުގެ ދުވުމުން އެއްވަނަ ހޯދީ ކުޅުދުއްފުށި ސީޓިއަށް އުފަން މުހައްމަދު މިރާސް އެވެ. މިއީ އޭނާ މިފަދަ އިވެންޓެއްގައި ބައިވެރިވި ފުރަތަމަ ފަހަރުވެސް މެއެވެ. މި އިވެންޓުގެ ހާފު މެރަތަން ކެޓަގަރީން 3 ވަނަ ހޯދީ އެ ކުލަބުގައި ހިމެނޭ ބަންގްލަދޭޝްގެ ދުވުންތެރިއެއް ކަމަށްވާ މުހައްމަދު ޖޮވެލް އެވެ.

މީގެ އިތުރުން އެއްވެސް އިވެންޓެއްގައި ބައިވެރިވެފައި ނުވާ 30 މީހުން ވެސް މުޅިން އަލަށް މި އިވެންޓުގައި ދުވެ، 5 ކިލޯ މީޓަރުގެ ރާސްތާގެ ދުވުން ނިންމާފައިވުމަކީ އެކުލަބުން އުފަލާއެކު ފާހަގަކުރާ ކަމެކެވެ.

ފިޓް ރަނަރސް އިން ބުނީ އެ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ މި ފެށޭ ޖޫން މަހު ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ 'އާރޯ އެމްވީ ރަން' އަށް ކަމަށެވެ. އެ އިވެންޓުގައި ވެސް އެ ކުލަބުގެ ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވާނެ ކަމަށް ވެސް ފިޓްރަނަރސް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް