އެއް އާއިލާއެއްގެ އަންހެން ހަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށްފަހު ޝަރުތުތަކަކާއެކު ދޫކޮށްލި މީހާ އަލުން ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިރޭ ބުނެފައިވަނީ އުމުރުން 55 އަހަރުގެ އެމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މިދިޔަ މަހުގެ ކުރީކޮޅު އޭނާ ހައްޔަރުކޮށް ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ. ބަންދު މުއްދަތު މުރާޖާކުރުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ކޯޓުން އޭނާ ދޫކޮށްލިއެވެ.
ނަމަވެސް އޭނާ ދޫކޮށްލުމުން އެ ކުދިން ނިސްބަތްވާ އާއިލާއާއި އާންމުން ވަނީ މިކަމާ ވަރަށް ބޮޑަށް ފާޑުކިޔާ އަޑު އުފުލާފައެވެ. އެގޮތުން ދޫކޮށްލީ "ރަންނަމާރި"އެއްގެ ގޮތުގައި އެއާއިލާއިން ސިފަކުރިއެވެ. އަދި ހައްޔަރުކުރި އެމީހާ ދޫކޮށްލިއިރު އޭނާގެ އަތުން ފެނުނު ޕެން ޑްރައިވެއްގައި އެ ކުދިންގެ ފޮޓޯއާއި ވީޑިއޯ ހުރިކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް