ދެ ދޯންޏެއް ދޭތެރޭގައި ފިތިގެން ދިވެއްސަކު ނިޔާވެއްޖެ އެވެ.
މިހާދިސާ ހިނގީ މ. ކޮޅުފުށީ ކައިރީ ކަނޑުމަތީގައި އެވެ.
ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ ހަވީރު 4:14 ހާއިރު ކަމަށެވެ. ފުލުހުންނަށް ރިޕޯޓު ކުރީ ދެ ދޯންޏެއް ކައިރިކޮށްގެން އުޅުމުގެ ތެރޭގައި އޭގެ ތެރެއިން ދޯންޏެއްގައި ހުރި މީހަކު އެ ދެ ދޯނި ދޭތެރޭގައި ފިތިވައިވާ ކަމަށް ބުނެ އެވެ.
މި ހާދިސާގައި ފިތުނު މީހާ ފަރުވާ ދިނުމަށް ގެންދިޔައީ މުލީ ރީޖަނަލް ހޮސްޕިޓަލަށެވެ.
އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ނިޔާވެފައިވާ ކަމަށެވެ.
މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް