އުމުރުން12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މީޑިއާގައި ބުނީ12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ. އެ މައްސަލަ ހުށަހެޅީ މާލެ ސަރަހައްދުން ކަމަށާއި މި މައްސަލައިގަ އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.
އާއިލާގެ ފަރާތުން މީޑިއާގައި ބުނެފައިވަނީ އެ ކުއްޖާއަށް ޖިންސޯ ގޯނާ ކުރީ އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާ އެވެ. އެ ފިރިހެން މީހާ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރާތާ ދެ އަހަރު ވެފައިވާ ކަމަށްވެ އެވެ.
މިހާ ދުވަހު އެކަން ސިއްރުވެފައި އޮތީ ކުއްޖާއަށް ފިރިހެން މީހާ ބިރު ދައްކާފައި އޮތުމުން ކަމަށް އާއިލާއިން ބުނެފައިވެ އެވެ. މިކަން ފަޅާ އެރީ އެ ކުއްޖާ އާއިލާގެ އެހެން ކުއްޖެއްގެ ކައިރީ އެވާހަކަ ދެއްކުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް