ޝަރުއީ ދާއިރާއިން ސްކޫލުކުދިންނަށް ޕްރޮގްރާމުތަކެއް ފަށައިފި

ޝަރުއީ ދާއިރާގެ މަސައްކަތްތަކަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސްކޫލް ކުދިންނަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ. ޖޭއެސްސީގެ މި ޕްރޮގްރާމުގައި ފުރަތ...

10 May 2022 | 11:44

ޝަރުއީ ދާއިރާގެ މަސައްކަތްތަކަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސްކޫލް ކުދިންނަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

ޖޭއެސްސީގެ މި ޕްރޮގްރާމުގައި ފުރަތަމަ ބައިވެރިކޮށްފައިވަނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގުރޭޑް 1-3ގެ ދަރިވަރުންނެެވެ.

މި ޕްރްގުރާމުގެ ދަށުން އަހްމަދިއްޔާގެ ދަރިވަރުން އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ޒިޔާރަތްކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ މައުލޫމާތުތައް ދަރިވަރުންނާ ހިއްސާކޮށްފައިވާއިރު އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި އެ ކޯޓުގެ ބައެއް ފަނޑިޔާރުން ވެސް އެ ކުދިންނާ ބައްދަލުކުރެއްވި އެވެ.

ޖޭއެސްސީން ބުނީ މި ޕްރޮގްރާމުގެ ދަށުން ކޯޓުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިކޮށްދީ، ފަނޑިޔާރުންނާ ބައްދަލުކޮށް އެ ބޭފުޅުންގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި ކޯޓުތައް ހިނގާ ގޮތާއި، ޝަރުއީ ދާއިރާގެ މުހިއްމު ކަމާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް