އަވަށްޓެރި އިންޑިއާއަކީ ވަރަށް ތަފާތު ހާދިސާތައް އަބަދުވެސް ހިނގަމުން އަންނަ ގައުމެކެވެ. ހާއްސަކޮށް ކުދި އަވަށްތަކުގައެވެ. އެގޮތުން މިއީ މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާގެ މަދްޔަޕްރަދޭޝްގައި ހިނގި ހާދިސާއެެކެވެ.
ރަމޭޝްލާލް ނަމަކަށްކިޔާ މީހެއް ދެ އަންހެން ދަރިން ކަމަށްވާ ނިކީތާ އާއި ކަރިޝްމާގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވީ އެއް ވަގުތެއްގައެވެ. ދެބެން ދެވީ އެ ސަރަހައްދަށް ނިސްބަތްވާ ދެ އާއިލާއެއްގެ ބޯލާ ދަންވަރަ ބޯލާ ނަމަކަށް ކިޔާ މީހަކާއި ގަނޭޝް ނަމަކަށް ކިޔާ މީހަކާއެވެ.
ކައިވެނީގެ ރަސްމިއްޔާތު ކުރިއަށްދިޔައިރު ދެބެން އަޅައިގެން ތިބީ އެއްވައްތަރު ހެދުމެވެ. މޫނު ނިވާވާނޭހެން ދޮޕައްޓާވެސް ތިބީ އަޅައިގެންނެވެ. ކައިވެނީގެ ރަސްމިއްޔާތު ކުރިއަށްދަނިކޮށް ކަރަންޓު ކެނޑި ދެފިރިހެނުންނަށް ދެ އަންހެނުން އޮޅި ކައިވެނީގެ ހުރިހާ ކަމެއް ނިންމާލީ ފަނޑު އައްޔެއްގައި ކަރަންޓާ ނުލައެވެ.
ކައިވެނީގެ އޮޅުން އެނގޭވަރުވީ އޭގެ ތެެރެއިން ދަންވަރަ ބޯލާ އޭނާގެ އަންހެނުންގެ މޫނު ނެގި ހިސާބުންކަމަށް އިންޑިއާޓުޑޭގައި ރިޕޯޓްކޮށްފައިވެއެވެ.
ކަން މިހެން ދިމާވުމުން ތިން އާއިލާއިން މިކަމަށް ހައްލެއް ހޯދައި، އަލުން ދެ ކައިވެނި ވަނީ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް