އެސްޓީއޯއިން މިއަދު ކުދަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ އެ ހަރަކާތްތަކަކީ އަސްރަފީ ބުކްޝޮޕާއި ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ. ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތައް އޮންނަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އެވެ.
މިއަދު ހަވީރު4:00 ން ފެށިގެން އޮންނަ މި ހަރަކާތުގައި ރޮބޯމޯން ބައިވެރިވާނެ އެވެ. އަދި ފޭސް ޕެއިންޓިންނާއި އާޓް އެންޑް ކްރާފްޓުގެ ތަފާޓު ހަރަކާތްތައް އޮންނާނެ އެވެ.
ކުޑަކުދިންގެ ހަވީރަށް ޒިޔާރަތްކޮށް ކުޅިވަރުތަކުގައި ބައިވެރިވާ ކުދިންނަށް ތަފާތު އިނާމުތައް ދިނުމަށް ހަމަޖެހިފައިވެ އެވެ.
ކޮންމެ އަހަރެއްގެ މެއި10 ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަ ކުރާ ކުޑަކުދިންގެ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް