ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައި ދެވިފައިވާކަން ޔަގީން ކުރަން ޖެހޭެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި މާހައުލެއް އޮތްކަން އެންމެންވެސް ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި އެކުދިންނަށް ލޯތްބާއި އަޅާލުމާއެކު ހެދިބޮޑުވެވޭނެ، މާހައުލެއް ލިބިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުޑަކުދިންނަކީ އަޅުގަނޑުމެންގެ މުސްތަގުބަލު ކަމަށެވެ. އެހެން ކަމުން އެކުދިންނަށް ރައްކާތެރިކަން ލިބިފައިވާ މާހައުލެއް ހޯދައިދެވޭތޯ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
https://twitter.com/ibusolih/status/1523893167732723713
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް