ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާ ދީފި

މަހަށް ގޮސް އުޅުނު ދޯންޏަކުން ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާ ދީފިއެވެ. އެމްއެންޑީއެފްއިން ބުނީ ޅ.އަތޮޅު މާފިލާފުއްޓާ ދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން މީހަކު ކަނޑަށް...

10 May 2022 | 07:47

މަހަށް ގޮސް އުޅުނު ދޯންޏަކުން ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާ ދީފިއެވެ.

އެމްއެންޑީއެފްއިން ބުނީ ޅ.އަތޮޅު މާފިލާފުއްޓާ ދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓުނު ވަގުތު އެމީހާއަށް މިޔަރެއް ހަމަލާ ދީފައިވާކަމަށެވެ.

އެކަން ދޯނިން ކޯސްޓްގާޑަށް އެންގުމުން، އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަންއިން ޅ.އަތޮޅު ހޮސްޕިޓަލްގެ ޓީމަކާއިއެކު މިހާރު އެދޯނި ކައިރިއަށް ދަތުރުކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

އަދި އެމީހާގެ ހާލު ސީރިއަސް ނޫންކަމަށް ދޯނީގެ ކެޕްޓަން މައުލޫމާތުދޭ ކަމަށްވެސް އެމްޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް