އަކްޝޭގެ އެންމެ ފަހުގެ ފިލްމު ޕްރިތުވީރާޖްގެ ޓްރެއިލާ ދައްކާލައިފި

ބޮލީވްޑްގެ ތަރި އަކްޝޭ ކުމާރު އެންމެ ފަހު ކުޅުނު ފިލްމު ޕްރިތުވީރާޖް ޓްރެއިލާ ދައްކާލައިފިއެވެ. ފިލްމުގެ ޓްރެއިލަރ ނެރުމަށް އިއްޔެ ޔަސްރާޖް ސްޓޫޑިއޯގައި ބޭއްވި ހާއްސަ ހަފްލާގައި އަކްޝޭއާއެކު ފިލްމުގެ ...

10 May 2022 | 05:23

ބޮލީވްޑްގެ ތަރި އަކްޝޭ ކުމާރު އެންމެ ފަހު ކުޅުނު ފިލްމު ޕްރިތުވީރާޖް ޓްރެއިލާ ދައްކާލައިފިއެވެ.

ފިލްމުގެ ޓްރެއިލަރ ނެރުމަށް އިއްޔެ ޔަސްރާޖް ސްޓޫޑިއޯގައި ބޭއްވި ހާއްސަ ހަފްލާގައި އަކްޝޭއާއެކު ފިލްމުގެ ބައިވެރިންވަނީ ފެނިގެން ގޮސްފައެވެ. ޑރ.ޗަންދުރަޕްރަކާޝް ދުވިވޭދީ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ ޓްރެއިލަރ ރިލީސްކުރުމަށް ބޭއްވި ހަފްލާގައި އަކްޝޭ އާއި ފިލްމުގެ ބަތަލާ މަނޫޝީ ޗިއްލަރ ފެނިލުމަށްފަހު ޓްރެއިލަރ ވަނީ ދައްކާލާފައެވެ.

އިހުޒަމާނުގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ މި ފިލްމުން އަކްޝޭގެ އިތުރުން ފެނިގެންދާނީ ސޯނޫ ސުއޫދާއި ސަންޖޭދަތެވެ. މި ދެތަރިން ކުޅެނީ ޗަންދު ވަރުދާއި ކަކާ ކަންހާގެ ރޯލެވެ. ފިލްމު ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ތިން ވަނަ ދުވަހުއެވެ.

https://www.youtube.com/watch?v=33-CQdPHyjw

ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަކްޝޭގެ މަޝްހޫރު ވެފައިވާ ފަހުގެ ފިލްމުތަކުގެ ތެރޭގައި ހައުސްފުލް 4 އާއި ގުޑް ނިއުޒް ހިމެނެއެވެ. އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރަކްޝާބަންދަން އަދި ރާމް ސެޓޫ ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް