އިންޑިޔާގެ މަޝްހޫރު ފިލްމީތަރި ސަލްމާންހާން ހެދިގެން އުޅުނު އަޒަމް އަންސާރީ ކިޔާ މީހަކު ރައްޔިތުންގެ މަސްލަހަތު ނަގާލައިގެން ހައްޔަރުކޮށްފިއެވެ.
އަޒަމް އަންސާރީ ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ލަކްނައޮ އިންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަގުމަތީގައި ޓީޝާޓް ބާލައިގެން ސަލްމާންގެ ލަވައަކަށް ޝޫޓުކުރަމުން ދަނިކޮށެވެ. މައްސަލަ ހޫނުވެފައިވަނީ އޭނާގެ ހަރަކާތްތައް ބަލަން ތިބި މީހުން ހިތްހަމަނުޖެހި ބަހުގެ ހަމަލާ އަމާޒުކުރަން ފެށުމުންނެވެ. 34 އަހަރުގެ އަޒަމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަސްލަހަތު ނަގާލިކަމަށް ބުނެއެވެ.
ބައެއް މީހުން އަޒަމްއަށް ހިތްވަރުދީ އަތްޖަހަމުން ދިޔަނަމަވެސް ގިނަބަޔަކަށް އޭނާ ޓީޝާޓް ބާލައިގެން މަގުމަތީގައި ޝޫޓްކުރުމުން ކަމުނުދިޔައީކަމަށް ރިޕޯޓްތައް ބުނެއެވެ. އެތަނުގައި ހަމަނުޖެހުން ބޮޑުވެ އެންމެފަހުން ފުލުހުން ގޮސް ކޮންޓްރޯލުކުރަން މަސައްކަތް ކޮށްފައިވެއެވެ. އަދި ފުލުހުން އަޒަމް ޓީޝާޓުލުމަށް ބުނުމުން އެކަމާ އޭނާ އިންކާރުކުރުމުން ރުޅިގަދަވެފައިތިބި މީހުން އޭނާއާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ގޮވާލަމުން ދިޔަކަމަށްވެއެވެ.
އަޒަމް އަންސާރީ އަކީ މިފަދަ ވީޑިއޯ ތައްޔާރުކުރާ އޮންލައިން ކޮންޓެންޓް ހަދާ މީހެކެވެ. އިންސްޓަގްރާމްގައި އޭނާގެ 77000 ފޮލޯވަރސް ތިބެއެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ސަލްމާން ހާން ގެ ލަވަތަކަށް ނަށާ ވަރަށްގިނަ ވީޑިއޯ ހިއްސާކޮށްފައި ހުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް