ޓެރަރިޒަމްގެ ގާނޫނަށް ގެނެސްފައިވާ ބަދަލާއި އެކު ކުރިން ދޫކޮށްލާފައިވާ މީހަކާއި ދެކޮޅަށް އާ ހެކިތަކެއް ލިބިއްޖެ ނަމަ އެމީހަކާއި ދެކޮޅަށް އަލުން ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިހެން ބުނެފައި މިވަނީ މިދިޔަ އަހަރުގެ މެއި ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަހްމަދު ފާތިހު ދޫކޮށްލި މައްސަލައިގަ އަނެއްކާވެސް ދައުލަތުލަތަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެވެ. ފާތިހު ދޫކޮށްލީ އޭނާ އާއި ދެކޮޅަށް ދައުވާ ކުރެވޭވަރަށް ހެކި ނެތުމުން ކަމަށް އޭރު ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
މި މައްސަލައިގަ އެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ޓެރަރިޒަމްގެ ގާނޫނު މިހާރު އޮތްގޮތުން ހާދިސާ ހިނގި ފަހުން، ހެކި ލިބިއްޖެ ނަމަ ދައުވާ ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް