މިއަދުވެސް ކޮވިޑަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް، މިއަދު އެކަނި 1204

ކޮވިޑަށް މިއަދުވެސް ރާއްޖެއިން ރެކޯޑް އަދަކަށް މީހުން ޕޮޒިޓިވް ވެއްޖެއެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު 1204 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ...

10 May 2021 | 17:22

ކޮވިޑަށް މިއަދުވެސް ރާއްޖެއިން ރެކޯޑް އަދަކަށް މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު 1204 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މި އަދަދަށް ބަލާލާއިރު، މި އަދަދުން 961 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން 235 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

ކޮވިޑު އަދަދު މިއަދު 1200 އިން މައްޗަށް އަރާފައިވާއިރު އެކްޓިވް ކޭސްގެ އަދަދު ވަނީ 10376 އަށް އަރާފައެވެ. އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ އަދަދު ވަނީ 244 އަށް އަރާފައެވެ.

https://twitter.com/HPA_MV/status/1391805830253580291

ކޮވިޑުގައި ރާއްޖެއިން މިހާތަނަށް 87 މީހަކު މިވަނީ ދުނިޔެ ދޫކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް