ހުޅުމާލެ އަތިރިމަތިން ފަތުރުވެރިންގެ 'ވޭރިއެންޓް' ތަކެއް އަހުމަދު ޠާރިޤް (ޓޮމް) ދައްކާލައިފިއެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ، ގައުމުގެ ސަލާމަތަށް ނޫނެކޭ ބުނުމުގެ އިޚްތިޔާރުވެސް ދިވެހި ސަރުކާރަށްނެތް ކަމަށެވެ.
" އިންޑިޔާގައި ހުރި ހުރިހާ ވޭރިއަންޓެއް ރާއްޖެ އެތެރެވެ ނިމިއްޖެ. އެތަށް ދިވެހިންގެ ފުރާނަ މިދަނީ ގެއްލިގެން. ފޮޓޯއިން އެފެންނަނީ ހުޅުމާލޭ ބީޗްގައި ޓުއަރިސްޓުން ގެތަފާތު ‘ވޭރިއަންޓްތައް’" ހުޅުމާލެ އަތިރިމަތީގެ ފޮޓޯއެއ ހިއްސާކުރަމުން ޓޮމް ބުނެފައިވެއެވެ.
https://twitter.com/AhmedThaariq/status/1391419471592525829
މިކަމަށް އެއްބަސްވެ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ބުނެފައި ވަނީ، އެއީ 'ފުކެއް ބޮޑުވަރު' ކަމަށެވެ.
ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ބަލި ކޮންޓްރޯލް ކުރުމަށް ތަފާތު ކަންކަން ކުރެވެމުން ދާއިރު، މުޖުތަމައުގައި ހުރި ތަފާތު މައްސަލަތައް ފާހަގަކޮށް، ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ކޮވިޑްގެ އަދަދުތައް މިހާ މައްޗަށް ގޮސްފައިވަނީ އިންތިޚާބާ ދިމާކޮށް ކަމަށް ގިނަ ބަޔަކު ބުނަމުން ދާއިރު، އެފަދަ ބައެއް ކަންކަން އަތުން ދޫވެގެން ގޮސްފައިވާ ކަމުގެ އިޝާރާތެއް ވާ ގޮތަށް ޕްރެސް ކޮންފަރެންސްގައި މުހައްމަދު މަބްރޫކް އަޒީޒް ވާހަކަފުޅު ދައްކަވާފައި ވެއެވެ.
ނަމަވެސް މަބްރޫކް ވިދާޅޔވެފައި ވަނީ، މިއީ އަތުން ގޮސްފައިވާ ކަންކަން އެކެއް އަނެކެއްގެ ބޮލުގައި އަޅުވަން ވީ ވަގުތު ނޫން ކަމަށާއި، ބަލިން ރައްކާތއެރިވާން އެކުގައި މަސައްކަތް ކުރަން ވީ ވަގުތު ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް