މިފްކޯގެ ބޯޓަކުން ބަޔަކު ކޯވިޑަށް ފައްސިވެއްޖެ

ގއ. ކޫއްޑޫގައި ބަނދަރުކުރި މިފްކޯގެ މަސްބޯޓަކުން ބަޔަކު ކޯވިޑް-19 ރޯގާއަށް ފައްސިވެއްޖެއެވެ. ފައްސިވެފައި ވަނީ މިފްކޯގެ 'މަހާކަލަމިންޖާ' ގައި މަސައްކަތް ކުރަމުން އަންނަ ފަޅުވެރިންތަކެކެވެ. ފައްސިވެފައ...

10 May 2021 | 16:00

ގއ. ކޫއްޑޫގައި ބަނދަރުކުރި މިފްކޯގެ މަސްބޯޓަކުން ބަޔަކު ކޯވިޑް-19 ރޯގާއަށް ފައްސިވެއްޖެއެވެ.

ފައްސިވެފައި ވަނީ މިފްކޯގެ 'މަހާކަލަމިންޖާ' ގައި މަސައްކަތް ކުރަމުން އަންނަ ފަޅުވެރިންތަކެކެވެ. ފައްސިވެފައި ވަނީ ހަތަރު މީހުންނެވެ. އަދި އެންމެން ވެސް މިހާރު ތިބީ ކޫއްޑޫގައި އެކަހެރި ކޮށްފައެވެ.

އެ ބޯޓަކީ ފެލިވަރުން ކޫއްޑުއަށް ދަތުރުކުރި ބޯޓެއް ނަމަވެސް ބޯޓު ބަނދަރުކޮށްފައިވަނީ ކޮން ދުވަހެއްގައި ކަމެއް ސާފެއް ނުވެއެވެ.

ފައްސިވެފައިވާ މީހުން ރަށު ތެރޭގައި އުޅުނު ކަމުގެ އަޑުތައް އަރާފައި ވީ ނަމަވެސް އެކަން ޔަގީން ކުރެވިފައި އަދި ނުވެއެވެ. އެ މީހުންނާ ގާތުން ބައްދަލުވި މީހުންގެ ގޮތުގައި މިހާތަނަށް 5 ފަރާތެއް ހިމެނޭތީ، މިރޭގެ ވަގުތެއްގައި އެމީހުންގެ ޓެސްޓް ހެދުމަށް ސުންކު ނަގާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް