ށ. ޅައިމަގުން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު ނުވައަކަށް އަރައިފި އެވެ.
ޅައިމަގުން ކޯވިޑްގެ ކޭސްތަކެއް ފެނި މޮނިޓަރިންގެ ހާލަތަށް ގެނައީ އިއްޔެ އެވެ.
ޅައިމަގު ކައުންސިލުން ބުނީ އެ ރަށުން އިތުރު ހަތަރު މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން މީހުންނަކީ މިއަދު ޕޮސިޓިވްވި މީހުންނެވެ.
ޅައިމަގުން ކޯވިޑް ޖެހިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ހޯމް ކަރަންޓީންގައި ތިބި ހަތަރު މީހުންނާއި ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެގެން ޓެސްޓު ކުރި ދެ މީހެކެވެ. ދެން ޕޮސިޓިވްވެފައިވަނީ އެ ރަށާއި މާލެ އާއި ދެމެދު މުދާ އުފުލާ ބޯޓެއްގައި މަސައްކަތް ކުރާ ފަޅުވެރިއަކާއި ޅައިމަގު ބަނދަރު ހެދުމުގެ މަސައްކަތް ކުރަން އެ ރަށަށް ގޮސްތިބި އެމްޓީސީސީ މުވައްޒަފުންގެ ތެރެއިން މީހެކެވެ.
މި ކޭސްތަކާއި ގުޅިގެން ޅައިމަގުގެ 22 ތަނެއް ހުރީ ކަރަންޓީން ކޮށްފައެވެ. އޭގެ ތެރޭގައި މާލެ ދަތުރުކުރާ މުދާ އުފުލާ ބޯޓުވެސް ހިމެނެ އެވެ.
ޅައިމަގާއި އެކު މިވަގުތު ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަތޮޅު ތެރޭގެ 32 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް