ހުޅުމާލޭ ހޮސްޕިޓަލް މުހިންމު ހިދުމަތްތައް ހުއްޓާލައިފި، ކުރިން ދިން އަށް ހިދުމަތެއް ދޭނެ

ހުޅުމާލޭ ހޮސްޕިޓަލުން ދެމުންދާ މުހިންމު ހިދުމަތްތައް ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ. އެ ހޮސްޕިޓަލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހިދުމަތްތައް މެދ...

10 May 2021 | 10:20

ހުޅުމާލޭ ހޮސްޕިޓަލުން ދެމުންދާ މުހިންމު ހިދުމަތްތައް ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ.

އެ ހޮސްޕިޓަލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހިދުމަތްތައް މެދުކަނޑާލައިފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލި ހިދުމަތްތަކުގެ ތެރޭގައި ހާއްސަ ބަލިތަކުގެ އޯޕީޑީ އާއި އެޑްމިޓްކޮށްގެން ފަރުވާ ދިނުން ހިމެނެ އެވެ.

އެ ހޮސްޕިޓަލުން ބުނީ ކުރި އެކޭ ގޮތަށް އެ ހޮސްޕިޓަލުން ދެމުންދާނެ ހިދުމަތްތަކަކީ 24 ގަޑިއިރުގެ އިމަޖެންސީ ޚިދުމަތްތާއި މިހާރު ރަޖިސްޓަރީ ކޮށްފައި ތިބި މާބަނޑު މީހުންނަށް ދޭ އޭއެންސީ އާއި ޑައިލަސިސް އާއި އޮންކޮލޮޖީ އާއި ކުޑަކުދިންނަށް ވެކްސިން ޖަހައި ދިނުމާއި ލެބޯރެޓަރީ އަދި ރޭޑިއޯލޮޖީ ޑިޕާޓްމަންޓްގެ ޚިދުމަތް ކަމަށެވެ.

ރާއްޖޭގެ ކޯވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެ މާލެ ސަރަހައްދުގެ ފެސިލިޓީތަކުގެ80 ޕަސެންޓު މިހާރު ވަނީ ފުރިފަ އެވެ. އެހެންވެ ސަރުކާރުން ނިންމާފައިވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ އާންމު ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ ހޮސްޕިޓަލް ކޯވިޑް ފެސިލިޓީއަކަށް ބަދަލު ކުރާށެވެ.

އެކަން އިއުލާނު ކުރީ ރޭގެ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ. ކޯވިޑް މަރުކަޒު ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ވަކިން ހުންނަ އިމާރާތުގައި އެވެ.

އެ ބައިގައި 120 އެނދާއި އެކު ހަދާ ފެސިލިޓީއަކީ އައިސީޔޫ ހިދުމަތް ދެވޭ ގޮތަށް ހަދާ ތަނެކެވެ. އެ ފެސިލިޓީގައި ބޭނުން ކުރާ 58 އެނދަކީ މިހާރު ވެސް ހޮސްޕިޓަލުގައި ބޭނުންކުރަމުން އަންނަ އެނދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް